ދެމަފިރިން އެއްދާން ނުކުރާނަމަ ޖެހޭ މައްސަލަތައް ގިނަވާނެ! އަދި އެއީ ޢުޒުރު ދެއްކެން އޮތް ކަމެއްވެސް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ދެމަފިރިން އެއްދާން ނުކުރާނަމަ ޖެހޭ މައްސަލަތައް ގިނަވާނެ! އަދި އެއީ ޢުޒުރު ދެއްކެން އޮތް ކަމެއްވެސް ނޫން!: މުފްތީ މެންކް

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑާއެކު އެއްދާންކުރަނީ އޭނާ ބޭނުންވުމުންނެވެ! މަސް، ދެމަސްވަންދެންވެސް އެއްވެސް ގުޅުމެއް ނުހިންގައި ހުރެދާނެއެވެ. އެއީ ހަމަ ހުއްދަ ކަމެއްތޯއެވެ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

ބައެއް ފިރިހެނުންގެ ކަންތައް ހުންނަގޮތުން އޭނާ ބޭނުންވެއްޖެނަމަ ކޮންމެ ރެއަކުވެސް އެއްދާންކުރެއެވެ. ބޭނުން ނުވެއްޖެނަމަ އެތައް ދުވަހެއްވަންދެން ، މަސް ދެމަސްވަންދެންވެސް އެއްދާން ނުކޮށް އެބަހުރެއެވެ. މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ގޮތެއް ނޫނެވެ.  

އަނބިމީހާއަކީވެސް ހަމަ ތިމާފަދައިން ކަންކަމަށް ބޭނުންވާނެ މީހެކެވެ. ބުނަން ހެއްޔެވެ؟ ނިދިފައި ނުހޭލެވިއްޖެނަމަ ރޭއަޅުކަންކުރަން ޢުޛުރަކަށްވެއެވެ. ނަމަވެސް އަނބިންނާއިއެކު އެއްދާން ނުކުރަން ދެއްކޭނެ އެއްވެސް ޢިޛުރެއް ނުއޮންނާނެއެވެ. ލަހުން ގެއަށް އައުދެވުން، މަސައްކަތާއިހުރެ ވަރުބަލިވުން މިއީ ދިރިއުޅުމުގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.  

އަނބިމީހާ ތިބާއަށް އިންތިޒާރުކުރަމުންގޮސް ވަރުބަލިވެގެން ނިދެންދެން ގެއަށް ނައިސް ނުހުރެވޭނެއެވެ. އެކަންތައް ވާނީ ފާފައަކަށެވެ. ގެއަށް އައިސް ވަނުމާއިއެކު މޫޑު ނެތްކަމަކަށްވެސް ނުބުނެވޭނެއެވެ.  

މިދައްކަނީ ދިރިއުޅެންކުރާ މަސައްކަތުގެ ގޮތުން ލަސްވަންދެން ބޭރުގައި އުޅެން ޖެހޭމީހުންގެ ވާހަކައެއް ނޫނެވެ. އެމީހުންގެ އަނބިންނަށް އެކަން އެނގޭނެއެވެ. އެމީހުންގެ އަނބިން ކެތްތެރިވެ އަންނަ ވަޤުތަކަށް އިންތިޒާރުކުރާނެއެވެ. މިދައްކަނީ ދިރިއުޅެން ކުރާ މަސައްކަތުގެ ގޮތުން މަޖުބޫރުކަމެއް ނެތި ރޭގަނޑު ބޭރުގައި އުޅޭ މީހުންގެ ވާހަކައެވެ.  

ރޭގަނޑު ދަންވަންދެން މަސައްކަތްކުރާ މީހުންވެސް އަނބިންނާއިމެދު ވިސްނަންވާނެއެވެ. ތިމާއަށް އިންތިޒާރުކޮށްގެން އަނބިމީހާ އިންނަމަ ނިދުމުގެ ކުރިން އަނބިމީހާއަށް ވަޤުތުދޭންވާނެއެވެ. އެއީވެސް ކުރަންޖެހޭ ކަމެއް ކަމުގައި ދެކެންވާނެއެވެ.  

ދެމަފިރިންގެ މެދުގައި މިބާވަތުގެ މައްސަލަތައް އޮންނަނަމަ ޖެހޭ މައްސަލަތައް ގިނަވާނެއެވެ. ޝަކުވާތައްވެސް ގިނަވާނެއެވެ. މޫނުހެދުންވެސް ގިނަވާނެއެވެ. ޙައްލަކީ ދެމީހުން ގުޅިގެން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމެވެ.  

އަނބިންނާއިއެކު ރޭކުރުމަކީ ޘަވާބު ދެއްވަވާނެ އަޅުކަމެއް ކަމުގައި ރަސޫލް ޙަދީޘްފުޅު ކުރެއްވެވުން ޞަހާބީން ޙައިރާންވެވަޑައިގެން ސުވާލުވެސް ކުރެއްވެވިއެވެ. ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ ޙަރާމް ކަންކަން ކުރުމުން ޢަޛާބު ދެއްވަވާ ފަދައިން ޙަލާލު ގޮތުގައި ކަންކަން ކުރުމުން ޘަވާބު ދެއްވަވާނެ ކަމަށެވެ.  

މިކަމުންވެސް އެނގިގެންދަނީ ދެމަފިރިންގެ މެދުގައި ބާއްވަން ޖެހޭ ގުޅުން ރަނގަޅު ގޮތުގައި ބޭއްވުމަށް އަހަރެމެންގެ ދީނުގައި ސަމާލުކަން ދެވިފައިވާ މިންވަރެވެ. މިވާހަކަ އެތައް ފަހަރަކު މިދައްކަނީ ދައްކަން ޖެހޭތީއެވެ. މިވާހަކަ ނުދައްކައި ތިބެގެން މައްސަލަތައް ޙައްލެއް ނުކުރެވޭނެއެވެ. އުފާވެރި ދިރިއުޅުމެއް އުޅެވޭނީ މިމައްސަލަ ޙައްލުކުރެވިގެންކަމަށްވާތީއެވެ. ލަދު ނުގަނެ މިމޭރުމުން އެވާހަކަ މިދައްކާ ސަބަބަކީ ހަމައެއީއެވެ.

 

- މުފްތީމެންކުގެ ދަރުސަކުން

މިއަދު އޮންލައިން