ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް މާދަމާ މައްޗަންގޯޅީގެ ބައެއް މަގުތަކުން ކަރަންޓު ކަނޑާލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް މާދަމާ މައްޗަންގޯޅީގެ ބައެއް މަގުތަކުން ކަރަންޓު ކަނޑާލަނީ

ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްޓަކައި މާދަމާ ހެނދުނު އަދި މެންދުރުފަހު މައްޗަންގޯޅީގެ ބައެއް މަގުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.

ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މާދަމާ 6 ޖެނުއަރީ ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އާއި 10:00 އާ ދެމެދު ކަރަންޓު ކެނޑޭނެ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ މާލެ ސިޓީގެ ކުރިކީލަ މަގު، ދިލްބަހާރު މަގު އަދި ދެވަނަ މަގު ހިމެނޭ ސަރަޙައްދެވެ.

އަދި ހަމަ އެދުވަހުގެ މެންދުރުފަހު 2:00 އާއި 3:00 އާ ދެމެދު ކަރަންޓު ކެނޑޭނެ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ ޖޯޝީ ހިނގުން، ޗާންދަނީ މަގު އަދި ޗާންދަނީ މަގު ހަނި ގޯޅި ހިމެނޭ ސަރަޙައްދެވެ.

ސްޓެލްކޯއިން ބުނީ މި ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ. އަދި މި މަސައްކަތަކީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

 

މިއަދު އޮންލައިން