ހަކުރުބައްޔާމެދު އިތުރު ކަންބޮޑުވުމެއް!: ހަކުރުބަލީގެ ސަބަބުން އަޑުއިވުން ގެއްލޭކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ހަކުރުބައްޔާމެދު އިތުރު ކަންބޮޑުވުމެއް!: ހަކުރުބަލީގެ ސަބަބުން އަޑުއިވުން ގެއްލޭކަން އެނގޭތަ؟

ހަކުރުބަލީގެ 2 ބާވަތުންކުރެ ކޮންމެ ބާވަތެއްވެސް ޖެހެނީ ހަށިގަނޑުގައި ހުންނަ ހަކުރުގެ ލެވެލް އިތުރުވެގެންނެވެ. އެކަމުން ހިތަށާއި ކިޑްނީއަށް ލިބޭ ގެއްލުންތަކަށް އެންމެންވެސް ސަމާލުކަންދެއެވެ.  

ދިރާސާތަކުން އެނގޭ ގޮތުގައި ހަކުރުބަލީގެ ސަބަބުން ހިތަށާއި ކިޑްނީއަށް ލިބޭވަރަށް ގެއްލުން ނުލިބުނަސް ކަންފަތަށްވެސް ގެއްލުން ލިބެއެވެ. ކަންފަތުގެ އެންމެ އެތެރޭގެ ނާރުތަކުން ލޭހިގުމަށް މައްސަލަތައް ކުރިމަތިވެއެވެ. އަދި އެކަމުގެ ސަބަބުން އަޑުއިވުމަށް އުނިކަން ލިބެއެވެ. ގެއްލިގެންވެސް ދެއެވެ.  

މިކަން އިތުރަށް ދެނެގަތުމަށް މިހާރުވެސް ގެންދަނީ ދިރާސާތައް ކުރަމުންނެވެ. ފުރިހަމަ ތަފްޞީލްތައް ލިބެން އަދި ދުވަސްކޮޅެއް ނަގައިފާނެއެވެ. އެހެންކަމާއިއެކުވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ހަކުރުބަލީގެ 2 ބާވަތުންކުރެ ކޮންމެ ބާވަތެއް ޖެހިފައިވީނަމަވެސް ފަރުވާކުރަން ސަމާލުކަން އިތުރުކުރުމެވެ.  

މިހައިތަނަށް އެނގިފައިވާ މިންވަރަށް ބަލާއިރު ހަކުރުބަލީގެ ސަބަބުން އަޑުއިވުމަށް އުނިކަން އަންނަކަން އެނގެނީ މައްސަލަތައް ކުރިމަތިވާންފަށާތާ އެތައް ދުވަހަކުންނެވެ. އަދި އެކަމަށް ކުރެވޭ އިތުރު ފަރުވާއެއްވެސް އަދި ނެތެވެ. މުޅި މައްސަލަ ގުޅިފައިވަނީ ހަކުރުބަލިން ސަލާމަތްވެ ހުރުމަށް ނުވަތަ ބަލިބޮޑުވިއަނުދޭން މަސައްކަތްކުރުމާއިއެވެ.

 

- މައުލުމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން