ގައަށް ބާރު ހެދުން ފަހައިދިނުން ހުއްދައެއް ނޫން! އެއީ ނުބައިކަމެއް ކުރަން އެހީތެރިވުން!: ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
ގައަށް ބާރު ހެދުން ފަހައިދިނުން ހުއްދައެއް ނޫން! އެއީ ނުބައިކަމެއް ކުރަން އެހީތެރިވުން!: ޝައިޚް މުޙައްމަދު ލަޠީފް

 

ސުވާލަކީ ކަސްޓަމަރުން އެދުމުން އެގޮތަށް ހެދުން ފަހައިދިނުމަކީ ދީނީ ގޮތުން ކޮންކަމަހަލަ ކަމެއްތޯ؟ 

ކިޔުންތެރިއަކު ކުރެއްވި މި ސުވާލަށް ޝައިޚް މުޙައްމަދު ލަޠީފް ދެއްވި ޖަވާބު: 

އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު! 

ﷲ ގެ ދީނުގައި އެއްވެސް ގޯސްކަމަކަށް މަގުފަހިވާނެ އެއްވެސް ކަމެއް ކުރުން އެއީ މަނާކަމެއް. ﷲ ވަޙީކުރައްވަނީ --- " އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ އުޅޭށޭ ހެޔޮ ކަންކަމާއި ރަނގަޅު ކަންކަމަށް، ތަޤުވާވެރިކަމަށް، އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރި ނުވާށޭ ފާފަވެރިކަމާއި ހައްދުފަހަނައަޅާ ދިއުމަށް." 

މިއީ ހުރިހާކަމެއްގައިވެސް ބޭނުންކުރަން އޮތް ދަލީލެއް! އެހެންވީމާ ގަޔަށް ބާރު އެއްޗިއްސާއި އެއްޗެތި އެއްވެސް ޖިންސަކަށް، ވަނާތައް އެނގޭގޮތަށް ހުންނަ އެއްޗެހި ފެހުން، ފެހުމުގައި އެހީތެރުވާ މީހާވެސް އެއީ ރަނގަޅު ކަމެކޭ ނުދެންނެވޭނެ އިނގޭތޯ އެއްގޮތަކަށްވެސް. ގޯސް ކަންކަން އެއީ. ގޯސް ކަންކަމަށް މަގުފަހިވާ ކަންތައްތައް ކުރުން އެއީ ﷲ ގެ ދީނުގައި ނަޙީ ކުރައްވާފައިވާ ކަމެއް.

ޝުކުރިއްޔާ 

- ޝައިޚް މުޙައްމަދު ލަޠީފް / އިސްލާމީ މަރުކަޒުގެ އިސް އިމާމް 

ލޮބުވެތި ކަނބަލުންނޭވެ! އަދި ފެހުމުގެ މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނޭވެ! ތިއަ ބޭފުޅުން އާމްދަނީ ތިއަ ހޯއްދަވަނީ ވަރަށް ޙަލާލު މަސައްކަތަކުންނެވެ. ވަރަށް ބުރަ މަސައްކަތަކުންނެވެ. ލިބިލއްވާ އާމްދަނީ ޙަލާލުކަން ޔަޤީންކުރައްވާށެވެ! މަސައްކަތްކުރަންވީ ގިނަ އޯޑަރު ހޯދާކަށް ނޫނެވެ. ލިބޭ އޯޑަރު މަދުވިޔަސް ލިބޭ އާމްދަނީގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވީމާ ކުރާ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ 

ގުޅުންހުރި ވީޑިއޯ (ޝައިޚް ލަޠީފްގެ):

 

 

ހެދުން ފައްސުވަން އަންނަ މީހުންގެ ތެރޭގައި ތަފާތު މީހުން ތިބެއެވެ. އެހެންވެ ފައްސުވަން ބޭނުންވަނީ ތަފާތު ގޮތްގޮތަށެވެ! އެއިގެ ތެރޭގައި ހަށިގަނޑުގެ ވަނާތައް އެނގޭވަރަށް ގައަށް ބާރުކޮށް ހެދުން ފައްސުވަން ބޭނުންވާ ގިނަ ބައަކުވެސް ތިބެއެވެ. 

ސުވާލަކީ ކަސްޓަމަރުން އެދުމުން އެގޮތަށް ހެދުން ފަހައިދިނުމަކީ ދީނީ ގޮތުން ކޮންކަމަހަލަ ކަމެއްތޯ؟ 

ކިޔުންތެރިއަކު ކުރެއްވި މި ސުވާލަށް ޝައިޚް މުޙައްމަދު ލަޠީފް ދެއްވި ޖަވާބު: 

އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު! 

ﷲ ގެ ދީނުގައި އެއްވެސް ގޯސްކަމަކަށް މަގުފަހިވާނެ އެއްވެސް ކަމެއް ކުރުން އެއީ މަނާކަމެއް. ﷲ ވަޙީކުރައްވަނީ --- " އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ އުޅޭށޭ ހެޔޮ ކަންކަމާއި ރަނގަޅު ކަންކަމަށް، ތަޤުވާވެރިކަމަށް، އަދި ތިޔަބައިމީހުން އެއްބަޔަކުއަނެއް ބަޔަކަށް އެހީތެރި ނުވާށޭ ފާފަވެރިކަމާއި ހައްދުފަހަނައަޅާ ދިއުމަށް."

 

މިއީ ހުރިހާކަމެއްގައިވެސް ބޭނުންކުރަން އޮތް ދަލީލެއް! އެހެންވީމާ ގަޔަށް ބާރު އެއްޗިއްސާއި އެއްޗެތި އެއްވެސް ޖިންސަކަށް، ވަނާތައް އެނގޭގޮތަށް ހުންނަ އެއްޗެހި ފެހުން، ފެހުމުގައި އެހީތެރުވާ މީހާވެސް އެއީ ރަނގަޅު ކަމެކޭ ނުދެންނެވޭނެ އިނގޭތޯ އެއްގޮތަކަށްވެސް. ގޯސް ކަންކަން އެއީ. ގޯސް ކަންކަމަށް މަގުފަހިވާ ކަންތައްތައް ކުރުން އެއީ ﷲ ގެ ދީނުގައި ނަޙީ ކުރައްވާފައިވާ ކަމެއް.

ޝުކުރިއްޔާ

 

- ޝައިޚް މުޙައްމަދު ލަޠީފް / އިސްލާމީ މަރުކަޒުގެ އިސް އިމާމް

 

ލޮބުވެތި ކަނބަލުންނޭވެ! އަދި ފެހުމުގެ މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނޭވެ! ތިއަ ބޭފުޅުން އާމްދަނީ ތިއަ ހޯއްދަވަނީ ވަރަށް ޙަލާލު މަސައްކަތަކުންނެވެ. ވަރަށް ބުރަ މަސައްކަތަކުންނެވެ. ލިބިލއްވާ އާމްދަނީ ޙަލާލުކަން ޔަޤީންކުރައްވާށެވެ! މަސައްކަތްކުރަންވީ ގިނަ އޯޑަރު ހޯދާކަށް ނޫނެވެ. ލިބޭ އޯޑަރު މަދުވިޔަސް ލިބޭ އާމްދަނީގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވީމާ ކުރާ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

ގުޅުންހުރި ވީޑިއޯ (ޝައިޚް ލަޠީފްގެ):

 

މިއަދު އޮންލައިން