ތަފާތުކުރުމެއް ނެތި ދަރިންނަށް ލޯބިދިނުމުގަ ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތަފާތުކުރުމެއް ނެތި ދަރިންނަށް ލޯބިދިނުމުގަ ޢަމަލުކުރަން އޮތް ގޮތް-

ދަރިންނަށް ލޯބިދިނުމުގައި ޢަދުލުވެރިވާންވާނެއެވެ. ނަމަވެސް އެއިގެ މާނައަކީ ތަފާތު ޢުމުރުގެ ކުދިންނަށް އެއްގޮތަކަށް ހުރިހާ ކަމެއް ނޫނެވެ. ކޮންމެ ކުއްޖަކާއިމެދުވެސް ކަންކަން ކުރަންވާނީ ކުއްޖާގެ ޢުމުރާއި ގުޅޭ ގޮތުންނެވެ. މިޘާލަކަށް ބޮޑު ކުއްޖަކު ސްކޫލަސްދާން ބައިސްކަލެއް ހޯދައިދިންނަމަވެސް ކުޑަކުއްޖަކު ނަމަ އޮތީ ގޮވައިގެން ސްކޫލަށް ދިއުމެވެ.  

"ކުދިންނަށް ލޯބިން ކޮށްދޭން ޖެހޭނީ އެ ކުއްޖަކަށް ބޭނުންވާ ކަންތައްތަކެވެ. ކުއްޖަކު ބަލިވެގެން ބޭސްކުރަން ޚަރަދުކޮށްފި ނަމަ އަނެއް ކުއްޖާއަށް އެ ޚަރަދު ކުރަން ނުޖެހޭނަމަ (ބަލިނުވާނަމަ) ކުރާކަށް ނުޖެހެއެވެ. އެ ކުއްޖާއަށް ބޭނުން ޖެހިއްޖެ ކަމެއް ކުރާނީއެވެ.  

ކޮންމެއަކަސް، ކުޑަކުދިންނަކީ ލޯބިން ބޮސްދޭން ޖެހޭ ކުދިންނެވެ. ނަމަވެސް ބޮޑެތި ކުދިންނަކީ ކުޑަކުދިންނަށް ބޭނުންވާ ވަރަށް އެކަން ބޭނުންވާ ކުދިންނެއް ނޫނެވެ. ބޮޑެތި ކުދިން ވެސް ކުޑައިރު ހުންނާނީ ހަމަ އެ ގޮތަށް ކަންތައް ކޮށްދެވިފައެވެ. ވީމާ ކުޑަކުއްޖާއަށް ބޮސްދޭ ކޮންމެ ފަހަރަކު ބޮޑެއްޗަށް ތިބޭ ކުދިންނަށް ވެސް ބޮސްދޭކަށް ނުޖެހެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް މިފަދައިން ވިދާޅުވީ: " ތިން އަހަރު ވެފައިވާ ދަރިފުޅު ގޮވައިގެން އުޅޭ އުޅުމުގައި ވަރަށް ގިނަ ފަހަރު އެ ކުޑަކުއްޖާއަށް ބޮސްދެވޭ. މިހެން ދެވޭ ކޮންމެ ފަހަރަކު ދެން ތިބި ކުދިންނަށް ވެސް ދޭންޖެހޭނެތޯ؟ ނުދީފި ނަމަ ދަރީންގެ މެދުގައި ތަފާތުކުރުން ކަމުގައިވާނެތޯ؟ ދެން ތިބޭ ކުދިންގެ އުމުރަކީ 16 އަހަރުގެ ފިރިހެން ކުއްޖެއް އަދި 13 އަހަރުގެ އަންހެން ކުއްޖެއް!" ކަމަސް ބުނެ މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

 

 

މިއަދު އޮންލައިން