ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ އުރުދުން އާއި ސީރިޔާގެ ދެމީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ އުރުދުން އާއި ސީރިޔާގެ ދެމީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ އުރުދުން އާއި ސީރިޔާގެ ދެމީހަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، އެޕަރާތުގެގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުރުދުންގެ ރައްޔިތެއް ކަމަށްވާ ރަބީ ހައިތަމް އަހުމަދު ޖުމާހުއާއި ސީރިޔާގެ ރައްޔިތެއްކަމަށްވާ އިމާން ކަރަމާންއެވެ.

މި ދެމީހުން ހައްޔަރުކުރެވުނީ ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނެވެ. އިމިގްރޭޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ދެ ބިދޭސީންނަކީ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް، ހުއްދަނެތި ވިޔަފާރީގެ ހަރަކާތްތަކެއް ހިންގަމުން ދިޔަ ދެ މީހުންނެވެ.

މި ދެ ބިދޭސީން ރާއްޖޭން ފޮނުވާލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މަޢުލޫމާތު ލިބިއްޖެނަމަ "އިމިގްރޭޝަން ވޮޗް" އަށް ވަގުތުން އެންގުމަށް އިމިގްރޭޝަން ވަނީ އެދިފައެވެ.

މިއަދު އޮންލައިން