ހޯނޑެއްދޫއިން ހޫނު މަރުޙަބާއެއް ރައިސް ޑރ.މުޢިއްޒު އަށް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ހޯނޑެއްދޫއިން ހޫނު މަރުޙަބާއެއް ރައިސް ޑރ.މުޢިއްޒު އަށް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހޯނޑެއްދޫ އަށް ވަޑައިގަތުމުން އެރަށުން މަރުޙަބާއެއް ދަންނަވައިފިއެވެ.

ހޯނޑެއްދޫއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރަށުގެ އެކި އުމުރުފުރާތަކުގެ ރަައްޔިތުން ރައީސަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ނިކުމެފައެވެ.

ހޯނޑެއްދޫ އަކީ ހުވަދުއަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.

މައުލޫމާތުލިބިފައިވާގޮތުގައި މި ދަތުރުފުޅުގައި ގދ. ހޯނޑެއްދޫގެ ފެނާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވާނެއެވެ.

މިއަދު އޮންލައިން