ބާލިޣްވުމުގެ ކުރިން ކިތަންމެ ގިނަ ދަރިން މަރުވިނަމަވެސް ކަންބޮޑުނުވެ އުފާކުރާށެވެ! އެކުދިންނާއި ސުވަރުގެއިން ބައްދަލުކުރެވިދާނެތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބާލިޣްވުމުގެ ކުރިން ކިތަންމެ ގިނަ ދަރިން މަރުވިނަމަވެސް ކަންބޮޑުނުވެ އުފާކުރާށެވެ! އެކުދިންނާއި ސުވަރުގެއިން ބައްދަލުކުރެވިދާނެތީއެވެ!

ބާލިޣްވުމުމުގެ ކުރިން ކިތަންމެ ގިނަ ކުޑަކުދިން މަރުވިނަމަވެސް ކަންބޮޑުނުވާށެވެ! ހިތާމަވެސް ނުކުރާށެވެ! އެކުދިންނާއި ސުވަރުގެއިން ބައްދަލުކުރެވިދާނެއެވެ. ބައްދަލުކުރެވިދާނެ ކަމަށް މިބުނާ ސަބަބުވެސް ބުނެދޭނަމެވެ. 

ބާލިޣްވުމުގެ ކުރިން ކުއްޖަކު މަރުވެއްޖެނަމަ އެކުއްޖަކު މަރުވާނީ އެއްވެސް ކުށެއް ނުކުރެވޭ ޠޯހިރު ކުއްޖެއްގެ ގޮތުގައެވެ. އެކުއްޖާ ވާނީ ސުވަރުގޭގައެވެ. މައިންބަފައިންނަށް ސުވަރުގެ ވަދެވޭނީ ސުވަރުގެ ވައްދަވާނެ ގޮތަށް ދުނިޔޭގައި އުޅެވުނު ނަމައެވެ. 

މިކަން ބައެއް މީހުންނަށް އޮޅެއެވެ. ޤަބޫލުކުރެވެނީ ޅަފަތުގައި ކުއްޖަކު މަރުވެއްޖެނަމަ އެއީ ސުވަރުގެ ވައްދަވާނެ ސަބަބެއް ކަމަށެވެ. އެވިސްނުން ރަނގަޅެއް ނޫނެވެ. ސުވަރުގެ ވައްދަވާނީ ހެޔޮ ގޮތުގައި އުޅެގެން ސުވަރުގެ ޙައްޤުވި މީހުންނeވެ. ޤިޔާމަތް ދުވަހު (މަރުވި) ކުދިންނަށް ޝަފާޢަތްތެރިވެވޭނީ (އެމީހުންގެ މައިންބަފައިންނަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި އާދޭސް ދެންނެވޭނީ) މައިންބަފައިންނަކީ ނަރަކައިން މިންޖުކުރައްވަވާފައިވާ ބައަކު ކަމުގައި ވެއްޖެނަމައެވެ. ވީމާ އެބަހުގެ މާނައަކީ މައިންބަފައިން ދުނިޔޭގައި ކޮންމެ ގޮތަކަށް އުޅުނުކަމުގައިވީނަމަވެސް ޅަފަތުގައި މަރުވި ކުދިން އައިސް މައިން ބަފައިންގެ އަތުގައި ހިފައި ދަމާގެންގޮސް ސުވަރުގެ ވެއްދުމެއް ނޫނެވެ. އެއީ ނުބައި މާނައެކެވެ. 

ކުރިން މިބުނި މަގުން ވިސްނުމުން ދަރިފުޅަށް ސުވަރުގެ ޔަޤީންކުރެވިފައިވީނަމަވެސް މައިންބަފައިންނަކަށް އެޔަޤީންކަމެއް ނެތެވެ. ކުރިން މިބުނި ސަބަބަށްޓަކައެވެ. މައިންބަފައިން ސުވަރުގެ ވައްދަވާނީ ސުވަރުގެ ޙައްޤުވުމުން ކަމަށްވާތީއެވެ. އަދި ދަރިފުޅާއި ބައްދަލުވެވޭނީ ކުރިން މިބުނި ފަދައިން ސުވަރުގެ ތިމާމެންނަށް ޙައްޤުވުމުން ކަމަށްވާތީއެވެ. 

ވީމާ ސުވަރުގޭގައި ޢާއިލާ އެކުގައި ވުމަށް އެދޭނަމަ، ދަރިންނާއި ސުވަރުގެއިން ބައްދަލުކުރަން ބޭނުންނަމަ ތިމާމެންނަށް ސުވަރުގެ ޙައްޤުވާނެ ގޮތަށް ދުނިޔޭގައި އުޅެން ގަދައަޅައި މަސައްކަތްކުރާށެވެ! ޢާއިލާ އެކުގައި ސުވަރުގެއިން ބައްދަލުވުމަށްވުރެ ބޮޑު އުފަލެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން