ޖަމްޢު ކުރެވޭނީ މެންދުރާއި ޢަޞްރު އަދި މަޣްރިބާއި ޢިޝާނަމާދެވެ. އަސްރާއި މަޣްރިބު ނަމާދު ޖަމްޢު ނުކުރެވޭނެއެވެ. ވީމާ ޢަޞްރާއި މަޣްރިބް ޖަމްޢްކުރެވިއްޖެނަމަ ބާޠިލްވާނެއެވެ. ޖެހޭނީ އަލުން ކުރާށެވެ!: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ދަތުރަކު ފުރަންވެގެންވެސް އަދި ދަތުރަކު ގޮސް އުޅުނަސް ޖަމްޢްކުރެވޭނީ މިފަދައިން ކެވެލި ހަމަކޮށެވެ. އެއީ މެންދުރުނަމާދާއި ޢަޞްރު ނަމާދު އަދި މަޣްރިބްނަމާދާއި ޢިޝާ ނަމާދެވެ. ފަސްކޮށް ނުވަތަ އިސްކޮށް ޖަމްޢުކުރިކަމުގައިވީނަމަވެސްމެއެވެ.
"މެންދުރު ނަމާދުކުރެވޭފަހުން ދަތުރަކަށް ފުރަންޖެހި ޢަޞްރުނަމާދުގެ ވަޤުތުގައި މަންޒިލަކަށް ނުފޯރައިފާނެކަމުގެ ބިރު އޮތްނަމަ ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ޢަޞްރު ވަޤުތުވުމުން ދަތުރުމަތީގައި ޢަޞްރު ނަމާދުކުރުމެވެ.": ޝައިޚް ޢަލީ ޒައިދު