ހޯނޑެއްދޫގައި އޭޓީއެމްއެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ހޯނޑެއްދޫގައި އޭޓީއެމްއެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހުވަދު އަތޮޅު ދެކުނުބުރީ ހޯނޑެއްދޫގައި އޭޓީއެމްއެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހޯނޑެއްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި ހޯނޑެއްދޫ ކައުންސިލާ ދެމެދުގައެވެ. ހޯނޑެއްދޫ ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ހުސެއިން ވާރިޝްއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލްއެވެ.

މި އެއްބަސްވުމުގެ ދަށުން ހޯނޑެއްދޫގައި އޭޓީއެމްއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ސަބަބުން ހޯނޑެއްދޫ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމުގައި ހޯނޑެއްދޫ ރައްޔިތުން ފާހަގަކުރެއެވެ. މި އޭޓީއެމް ޤާއިމްކުރުމުން ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް ރައްޔިތުން އުންމީދުކުރެއެވެ.                     

މިއަދު އޮންލައިން