މިވަގުތު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހުޅުމާލެ ސަހަރާގައި ފެން ހަރުލާފައި ހުރުމުގެ ސަބަބުން އެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން ހުއްޓާލަން ޖެހިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
ކައުންސިލުން ދިން މަޢުލޫމާތުގައިވާ ގޮތުން، ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރުމުގެ ސަބަބުން، ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ. މިކަމުގެ ސަބަބުން މިވަގުތު ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުމަކީ ކުރެވެން ނެތް ކަމެއް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި ހާލަތާ ގުޅިގެން، މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލުމަށް ހަމަޖެހިފައިވާ މަރުހޫމުންގެ ޖަނާޒާގެ އިންތިޒާމްތައް ބަދަލުކޮށްފައިވެއެވެ. އެގޮތުން، މި ޖަނާޒާތައް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ އާސަހަރާ މިސްކިތުގައި ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން އަލުން ފެށޭނެ ތާރީޚެއް މިވަގުތު ކަނޑައެޅިފައި ނުވާއިރު ވިއްސާރަ ކުޑަވެ، ސަހަރާގެ ފެންފަށަލަ ތިރިވުމުން މި ޚިދުމަތް އަލުން ފެށޭނެ ކަމަށް ބެލެވެއެވެ.