ކޫއްޑޫ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށަން ވަނީ ތައްޔާރުވެފަ: ވަޒީރު ޝިޔާމު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކޫއްޑޫ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށަން ވަނީ ތައްޔާރުވެފަ: ވަޒީރު ޝިޔާމު

ކޫއްޑޫ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށަން ވަނީ ތައްޔާރުވެފައިކަމަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގދ. ނަޑެއްލާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ އަޑު ގާތުން އައްސަވާ، އެ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިގޮތުން ކޫއްޑޫ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމު ވިދާޅުވީ ހުވަދު އަތޮޅަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ދިރިއުޅެމުންދާ އަތޮޅެއްކަން ފާހަގަކުރައްވާފައެވެ.

"ހުވަދު އަތޮޅު ވަކިން ހާއްސަކޮށް ކޫއްޑޫއަށް ކުރެވެން ހުރި މަސައްކަތްތައް؛ މިއަތޮޅުގެ ހުރިހާ ރަށަކުންވެސް ބަރޯސާވަނީ ކޫއްޑޫއަށް. ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމަށް ހުރި މަސައްކަތް ބާރަށް އެބަދޭ. އެގޮތުން އިތުރަށް ކުރަން ހުރި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދި، އިރާދަ ކުރެއްވިއްޔާ ފެށުމުގެ މަރުހަލާގައި މިހާރު ހުރީ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރައީސް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވަމުން ގެންދަވާކަން ފާހަގަކުރައްވާ މިހާރު މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން