ކިތަންމެ ބޮޑު ކުށެއް ކުރެވުނަސް އެކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް ބިރުވެތިވެވިއްޖެނަމަ ފާފަ ފުއްސަވައި ސުވަރުގެ ވައްދަވާނެކަން އެނގޭ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ކިތަންމެ ބޮޑު ކުށެއް ކުރެވުނަސް އެކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް ބިރުވެތިވެވިއްޖެނަމަ ފާފަ ފުއްސަވައި ސުވަރުގެ ވައްދަވާނެކަން އެނގޭ ޙާދިސާއެއްގެ ވާހަކަ-

ވާހަކައަށް ފެށުމުގެ ކުރިން ކަމެއް ފާހަގަކޮށްލާނަމެވެ. މިވާހަކައިން ޙާޞިލްކުރަންޖެހޭނެ ޢިބްރަތަކީ ބޮޑެތި ފާފަތައް ކުރަމުން މީހުންނަށް ހެޔޮ ނަޞޭޙަތް ދެމުން ހިނގުމަކަށް ނޫނެވެ. ޙާޞިލްކުރަންޖެހޭނެ ޢިބްރަތަކީ ދޮޑެތި ކުށްތައް ކުރެވުނު ނަމަވެސް އެކަން އެމީހަކަށް ޤަބޫލުކުރެވި އެކަމަށް ވިސްނުމުން ކުރާނެ ފައިދާއަށެވެ. ތައުބާވުމުން ފާފަފުއްސަވައި ރަޙްމަތް ލައްވަވާނެ ކަމެވެ. 

ވިސްނަންވީ ޖަލުގައި އޭނާ އިމާމް އަޙްމަދު އާއިއެކު ދުވަސްތައް ހޭދަކުރުމުން ދަސްވި ކަންތައްތަކުގެ ސަބަބުން ތައުބާވެ ހެޔޮ މަގު ޚިޔާރުކޮށްފައިވެދާނެ ކަމަށެވެ. ޙަޤީޤީ ފައިދާކުރާނީ އެވިސްނުމުގައި މިވާހަކަ ކިޔުމުންނެވެ. އިން ޝާ ﷲ 

މިއީ މަޝްހޫރު ބޮޑުވަގެއްގެ ވާހަކައެވެ. އިމާމް އަޙްމަދު ބުނު ހަންބަލް އާއި ޖަލުގައި ބައްދަލުވެ، ޖަލުގައި ކުރަމުން ގެންދިއަ އަނިޔާތަކަށް ކެތްތެރިވެ ސާބިތުވެވަޑައިގަތުމަށް ހިތްވަރުދިން ވަގެއްގެ ވާހަކައެވެ. އެކަމުގެ ސަބަބުން އޭނާއަށް ސުވަރުގެ ލިބުނު ގޮތުގެ ވާހަކައެވެ. ޝައިޚް މޫސާ އަންވަރު ހަސަން ކިއަދުނޫހާއި ހިއްޞާކުރައްވާފައިވާ މިލިޔުއްވުމަކީ ހަމަ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު ޢިބްރަތަކަށްވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. 

ޙައްޤުގެ މަގުގައި ޘާބިތުވުން: 

އަލްއިމާމު އަޙްމަދު ބުނު ޙަންބަލް ޖަލުގައި މުޖުރިމުންގެ ބަޔަކާއިއެކު އިންނެވިއެވެ. އެ މުޖުރިމުންގެ ތެރޭގައި ވަރަށް މަޝްހޫރު ވަގަކު ވެސް އިނެވެ. މީނަ އަލްއިމާމު އަޙްމަދު ބުނު ޙަންބަލްއަށް އަށް އިޙްތިރާމްކޮށް އެކަލޭގެފާނަށް ގަދަރު ކުރެއެވެ. އަދި އެކަލޭގެފާނަށް ލިބެމުންދާ އަނިޔާތަކާއި މެދު އޭނާގެ ހިތުގައި އޯގާތެރިކަމާއި ޙަމްދަރުދީ އުފެދިފައިވެއެވެ. 

އެއްދުވަހަކު މީނާއަށް އަލްއިމާމު އަޙްމަދު ބުނު ޙަންބަލް ހަށިކޮޅުގައި ހުރި ފާރުތަކުގައި ވޭން އަޅާތީ އުޅުއްވާ މަންޒަރު ފެނި އަރިހަށް ގޮސް ސިއްރު ސިއްރުން ދެންނެވިއެވެ. އެމީހުން ކަލޭގެފާނަށް ވަރަށް އަނިިޔާކޮށް ހަދާ އެހެންނޫންތޯއެވެ. 

އޭ ސާހިބާއެވެ. އެމީހުން އަޅުގަނޑަށް ވަރަށް ގިނައިން އަނިޔާކޮށް ހަދައެވެ. އެއީ ތިމަން  ކުރާ ވައްކަމާއި އެނުންވެސް ކުށްތަކުގެ ސަބަބުންނެވެ. ތިމަން ދުވަހަކު ވެސް އެމީހުންގެ ކުރިމަތީގައި ކުށަށް އިޢުތިރާފެން ނުވަމެވެ. އެމީހުންެގެ އެތިފަހަރުތަކަށް ތިމަން ކެތްތެރިވަމެވެ. ތިމަން އެކަން އެގޮތަށް ކުރަނީ ތިމަން ބާޠިލް ގޮތުގައި ހުރެއެވެ. 

ކަލޭގެފާނު ޙައްޤު ގޮތުގައި ހުންނަވައި ބަލިކަށިވެވަޑައިގަންނަވަނީތޯއެވެ. އޭ ސާހިބާ އެވެ. ބަލިކަށިވެވަޑައި ނުގަންނަވާށެވެ. ބާޠިލްގެ އަހުލުވެރިންނަށްވުރެ ޙައްޤުގެ އަހުލުވެރިންގެ ކެތްތެރިކަން ބޮޑުވާނެއެވެ. 

އޭގެ ފަހުން އަލްއިމާމު އަޙުމަދު ބުނު ޙަންބަލް ޖަލުގައި ހޭދަ ކުރެއްވި ހުރިހާ މުއްދަތެއްގައި ލިބެމުން ދިޔަ އަނިޔާ ތަކަށް ކެތްތެރިވެވަޑައިގަތެވެ. ބަލިކަށިކަން ހިތްޕުޅަށް ވެރިވާ ކޮންމެ ފަހަރަކު ވަގުކަލޭގެ ދެއްކި ވާހަަކައިގެ މަތިން ހަނދުމަފުޅުވެ ލިބެމުންދާ  އަނިޔާއަށް ކެތްތެރިވެވަޑައިގަތެވެ. 

ފިތުނައިގެ ދުވަސްތައްކާއި ލޭ އޮހުރުވުންނިމި، އިމާމު އަޙްމަދު ބުނު ޙަންބަލު ވެސް ޖަލުން މިނިވަން ވެވަޑައިގަތެވެ. ޖަލުން މިނިވަން ވެވަޑައިގެން ހަށިކޮޅަށް ލިބިފައިވާ އަނިޔާތަކަށް ބޭސް ފަރުވާ ކުރައްވަން އުޅުއްވި ދުވަސްވަރު އެއްކަލަ ވަގުކަލޭގެ މަތިން ހަނދުމަފުޅުވިއެވެ. އެކަލޭގެފާނު އެނާ އާއި ބެހޭގޮތުން ސުވާލުކުރުން އޭނާ މިދުނިޔެ ދޫކޮށްފިކަން އެނގިވަޑައިގަތެވެ. 

އެކަލޭގެފާނު އޭނާގެ މަޤްބަރާއަށް  ޒިޔާރަތް ކުރައްވައި އޭނާގެ މައްޗަށް ހެޔޮ ދުޢާ ކުރެއްވިއެވެ. އެއްރެއަކު އެކަލޭގެފާނަށް ހުވަފެންފުޅުން ފެނިވަޑައިތީ އޭނާ ސުވަރުގޭގައި އުޅޭތީއެވެ. އެކަލޭގެފާނު އޭނާ އާއި ސުވާލު ކުރެއްވިއެވެ، ތިބާ އަށް ސުވަރުގެ ވަދެވުނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ތިމަންނާ ކަލޭގެފާނަށް ކެތްތެރިވުމަށް ނަޞީޙަތް ތެރިވުމުގެ ސަބަބުން، އެކަލާނގެ ތިމަންނާއަށް ތައުބާ ލެއްވެވީއެވެ.

މިއަދު އޮންލައިން