ލަވައިގެ ދުނިޔެއިން ޤުރްއާން ކިޔަވަން ރާގު ދަސްކޮށްދޭ އުސްތާޛަކަށް!- ކޮން ފަދަ އެންމެ ހެޔޮކަންބޮޑު ބަދަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ލަވައިގެ ދުނިޔެއިން ޤުރްއާން ކިޔަވަން ރާގު ދަސްކޮށްދޭ އުސްތާޛަކަށް!- ކޮން ފަދަ އެންމެ ހެޔޮކަންބޮޑު ބަދަލެއް!

އަޅުގަނޑަށް ވަނީ ވަރަށް ގިނަ ޝޯތައް ދެވިފައެވެ. އެއީ ކޮށްގެން ނުވާނެކަމެއްކަން ވިސްނުމުން މިހާރު އެކަން ހުއްޓާލައިފީމެވެ. އެކަމަކު ބައެއް މީހުން ބުނަނީ އަޅުގަނޑަށް ފާފައިން ސަލާމަތް ނުވެވޭނެ ކަމަށެވެ. އެއީ މީހުން އަޅުގަނޑުގެ ލަވަތައް ރެކޯޑްކޮށްގެން ޖަހާތީ ކަމަށެވެ! އެއީ ތެދެއްތޯ؟ 

ފުރަތަމަކަމަކަށްވެސް ކިޔުންތެރިޔާއަށް ހޫނު މަރުޙަބާއެއް އަރިސްކުރަމެވެ. ޙައްޤު މަގު އެނގިލެއްވުމުން އެމަގު އިޚްތިޔާރުކުރެއްވީތީއެވެ. ނަންގަނެލަން އޮތީ ކިޔުންތެރިޔާ އާއިބެހޭ ގޮތުން މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކިޔުންތެރިޔާ މިހާރުވެސް ތިއަ ގެންދަވަނީ ހިލޭ ސާބަހަށް ކުދިންކޮޅަކަށް ރީތި ރާގަށް ޤުރްއާން ކިޔަވަން ދަސްކޮށްދެއްވަމުންނެވެ. 

ވީމާ ކުރީގައި ކިޔުއްވިފައި ހުރި ލަވަތަކާއިމެދު ނުވެސް ވިސްނަވާށެވެ! އެލަވަތައް ނުޖަހަން އެދުނަސް ޖަހާނެއެވެ. ނަމަވެސް އެދިލެއްވުމަކީ ކޮށްލައްވަން ރަނގަޅު ކަމެކެވެ. ޢަލީ ރަމީޒްވެސް ޢަމަލުކުރެއްވީ އެގޮތަށެވެ. 

ދެން ނަންގަނެލަން އޮތީ ކުރިން ކިޔުއްވިފައިވާ ލަވައަކަށް 2 މަދަހަ ރެކޯޑްކުރައްވަން މަސައްކަތްކުރައްވާށެވެ. ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުލްބާރީ ފަދައިން މިސްކިތްތަކުގައި ބަންގިގޮވަން ފަށްޓަވާށެވެ! 

އެއިގެ އިތުރުން ކުދިންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދެއްވަން ތިއަ ކުރައްވާ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާށެވެ! އެންމެ ކުއްޖަކަށް ދަސްކޮށްދެއްވުނަސް އެއީ ކިޔުއްވިފައިވާ ހުރިހާ ލަވަތަކަކުގެ މައްޗަށް ބާރުހިންގައި އެކަން ނެތިކޮށްލައިފާނެފަދަ މާވަރުގަދަ، މާމަތިވެރި ކަމެކެވެ. އިން ޝާ ﷲ 

ޔަޤީން ކުރައްވާށެވެ! ތައުބާވުމުން ނުފުއްސަވާނެ ފާފައެއް ނެތެވެ. ވީމާ ކުރިން ކުރެއްވިފައިވާ އެއްވެސް ކަމަކަށް ނުވެސް ވިސްނަވާށެވެ! އެކަން އޮއޮތީ ނިމިގެންގޮސްފައެވެ. ކުރެވިފައިވާ ހުރިހާ ފާފަތައް އަޅުކަމަށް ބަދަލުކޮށްދެއްވެވުމަށް އުންމީދުކުރައްވައިގެން ކުރިއަށް ވަޑައިގަންނަވާށެވެ!  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

"އަހަރެން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރުމުގެ ކުރިންވެސް ހުރީ އިސްލާމްވެގެންނެވެ. ރޯދަވެސް ހިފަމެވެ. ޝަހާދަތް ކިޔަންޖެހުނީ މިޞރުގެ މިސްކިތަކަށް ގޮސް ނަމާދުކުރަން ދަސްކުރަން އުޅުމުންނެވެ. ޝަހާދަތް ނުކިޔަނީސް ދަސްކޮށްދޭން ދެކޮޅުހެދުމުންނެވެ. އެއިރު ޝަހާދަތްކިޔަންޖެހޭކަމެއް ނުއެނގެއެވެ. އެކަން އެނގުމުން ޝަހާދަތްކީއެވެ."  

"ކްރިސްޓިއަން ދީނަކީ ރަނގަޅު ދީނެއް ނޫންކަން ޢުމުރުން 7 އަހަރުގައި ޤަބޫލުކުރެވިއްޖެއެވެ. ފުރަތަމަކަމަކަށް ކުރިމަތިވިކަމަކީ ފައްޅިއެއްގައި "ޖީސަސް އާއި ކަލާނގެ" ނަމުގައި ކިޔަން އުޅުނު ލަވައެއް ފާދިރީ އަތުލައި "ޖީސަސް އަކީ ކަލާނގެ" ކަމަށް ބަދަލުކުރުމުންނެވެ."  

"މުސްލިމުންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތައް ކުރިމަތިވަމުން މިދަނީ މުސްލިމުންގެ ސަބަބުންނެވެ. އެއީ އިސްލާމް ދީނާއި މުސްލިމުންގެ ޙަޤީޤަތް ކާފިރުންނަށް އަނގައިދިނުމުގައި ފޭލެވެފައިވާތީއެވެ. އެކަން ނުކުރެވޭތީއެވެ."  

"އަހުރެންވެސް މުސްލިމުންނާއިމެދު ވިސްނީ ހަރުކަށި ޓެރަރިސްޓުންގެ ގޮތުގައެވެ. އެއީ ދުނިޔޭގެ މީޑިއާތަކުން މުސްލިމުންނާއިމެދު ފަތުރާ މައުލޫމާތަކަށް ބުރަވެވުނީތީއެވެ. އެވިސްނުން ބަދަލުވީ މުސްލިމުންނާއިއެކު ސެނެގޯލްގައި އުޅުމުން އެމީހުން އުޅޭގޮތް ފެނިފައެވެ."  

"ލަވަކިޔައިގެން ދެވޭނެ އެންމެ މައްޗަށް ދެވުނެވެ. އެކަމާއި އެއިރު ވަރަށް އުފާވެސް ކުރީމެވެ. އެއިރުވެސް މުޅި ޢުމުރުގައި ކުރަން ރަނގަޅު ކަމެއް ނޫންކަމަށް ޤަބޫލުކުރެވުނެވެ. ވިޔަފާރިއާއި އެހެންމަސައްކަތްތައް ކުރަންފެށިވެސް އެކަން ވިސްނުމުންނެވެ."  

"ދުނިޔޭގައި އުޅުމުގެ ބޭނުމަކީ ސުވަރުގެވަދެ ﷲ ތަޢާލާ އާއި ބައްދަލުވުމެވެ. މުޙައްމަދު ރަސޫލް އާއި އެހެންވެސް ރަސޫލު ބޭކަލުންނާއި ގާތުގައި ސުވަރުގޭގައިވުމެވެ." 

މުސްލިމުންނަށް އަހުރެންގެ ނަޞޭޙަތަކީ 5 ނަމާދަށް ރައްކައުތެރިވާށެވެ. އެއިރުން އެމީހަކަށް ބޭނުންވާ ހުރިހާ ކަންކަން ﷲ ތަޢާލާ ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ. ﷲ އީ އައްރައްޒާޤް އެވެ. ރިޒުޤް ދެއްވަވާ ރަސްކަލާނގެއެވެ."  

ގުޅުންހުރި ވީޑިއޯ:

 

 

މިއަދު އޮންލައިން