މާބޮޑަށް ޒީނަތްތެރިވެ ޒުވާންވާން މަސައްކަތްކުރާނަމަ މުސްކުޅި ސިފަ ޖެހުން އަވަސްވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
މާބޮޑަށް ޒީނަތްތެރިވެ ޒުވާންވާން މަސައްކަތްކުރާނަމަ މުސްކުޅި ސިފަ ޖެހުން އަވަސްވޭ!

އަންހެނުން ރީތިވުމަށާއި މޭކަޕްކުރަން ބޮޑެތި ޚަރަދުތައްކުރާ ވާހަކަ ވަރަށް ގިނަ ފިރިހެނުން ދައްކާނެއެވެ. އެކަމަށް ނުރުހޭކަމަށްވެސް ބުނާނެއެވެ. އެކަންކުރާ އަންހެނުން ކުށްވެރިވެސް ކުރާނެއެވެ. 

އެކަމަކު ބުނަން ހެއްޔެވެ؟ ސޯޝަލް މީޑިއާގައި އެންމެ ގިނަ ފޮލޯވާރސްތިބި އަންހެނުންގެ އެކައުންޓްތަކަށް ނިކަން ބަލައިލަބަލާށެވެ! އެންމެ ގިނަ ފޮލޯވާސް ތިބޭނީ އެންމެ ބޮޑަށް މިބުނި ކަންކަން ކޮށްގެން ފޮޓޯ އާއި ވީޑިއޯ ހާމަކުރާ އަންހެނުންގެއެވެ. އެމީހުންގެ ފޮލޯވާރްސްގެ ގޮތުގައި އެންމެ ގިނަވާނީވެސް ފިރިހެނުންނެވެ. އަންހެނުން ވަރަށް މަދުވާނެއެވެ. 

މިކަމުން މިއެނގެނީ ކޮންކަމެއް ހެއްޔެވެ؟ ބޮޑަށް މޭކަޕްކުރިވަރަކަށް ފިރިހެނުންގެ ސަމާލުކަން ލިބުން އިތުރުވާކަން ނޫން ހެއްޔެވެ؟ 

އަންހެނުންނަށް އަހުރެން ބުނެލަން ބޭނުންވަނީ ޒީނަތްތެރިވި ނަމަވެސް އިންތަކުގައި ހިފަހައްޓާށެވެ. ލިބޭ މުސާރައިން އެންމެ ބޮޑު ޚަރަދެއްކުރާ ކަމަކީ ޒީނަތްތެރިވުން ކަމަށް ނުހަދާށެވެ. ތިބާއަށް ލިބިފައިވާ ޙަޤީޤީ ސިފަ ދައްކައިގެން ބައިވެރިއަކު ހޯދަން މަސައްކަތްކުރާށެވެ! 

ވިސްނާށެވެ! އެއްޗެތި އުނގުޅައިގެން މޫނު ދޮންކޮށް އޮފް އެރުވީމާ އެކަން ދެމިހުންނަނީ ދާދި ކުރުމުއްދަތަކަށެވެ. އެކަންކަން ނުކުރާ މީހުންނަށްވުރެ މާއަވަހަށް މޫނުގައި ރޫތައް ގިނަވެ މުސްކުޅިވައްތަރު ޖަހަން ފަށައެވެ. ދެން ޖެހޭނީ އެއްލޭޔަރު މައްޗަށް އަނެއްލޭޔަރު އަޅާށެވެ. އެކަމުން މޫނަށް ލިބޭ ގެއްލުމުގެ އިތުރުން ހަމުގެ ބޮޑެތި ބަލިތައްވެސް ޖެހެއެވެ! 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅުން

 

 

މިއަދު އޮންލައިން