ކޮންމެހެން އެނގެންޖެހޭ މައުލޫމާތުގެ ތެރެއިން ﷲ ތަޢާލާ ކުރައްވަވާ ކަންތައްތަކާ އަޅުން ކުރާ ކަންތައްތައް-: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކޮންމެހެން އެނގެންޖެހޭ މައުލޫމާތުގެ ތެރެއިން ﷲ ތަޢާލާ ކުރައްވަވާ ކަންތައްތަކާ އަޅުން ކުރާ ކަންތައްތައް-: ޝައިޚް ޝާފިޢު

ތައުޙީދުއްރުބޫބިއްޔާއާ ތައުޙީދުލްއުލޫހިއްޔާގެ ދެމެދުގައިވާ ފަރަޤަކީ ކޮބާ؟ 

ޖަވާބު: ތައުޙީދުއްރުބޫބިއްޔާގެ ތެރޭގައި ހިމެނެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކުރައްވަވާ ކަންތައްތަކެވެ. މިސާލަކީ އުފެއްދެވުމާއި، ރިޒްޤުދެއްވުމާއި، ދިރުއްވުމާއި މަރުގެންނެވުމާއި، ވާރޭ ވެއްސެވުމާއި، ގަސްގަހާގެހި ފެޅުއްވުމާއި، ކަންތައްތައް ތަދުބީރުކުރެއްވުމެވެ. 

ތައުޙީދުލް އުލޫހިއްޔާގައި ހިމެނެނީ އަޅުން ކުރާ ކަންތައްތަކެވެ. މިސާލަކީ ދުޢާކުރުމާއި، ބިރުވެތިވުމާއި، އުއްމީދުކުރުމާއި، އިތުބާރުކުރުމާއި (ވަކީލުކުރުމާއި)، ތައުބާވުމާއި، ހެޔޮއެދުމާއި، ބިރުގަތުމާއި، ނަޛްރުބުނުމާއި، ސަލާމަތާއި ނަޞްރަށް އެދުމާއި، އަދި މިނޫންވެސް އަޅުކަންތަކުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންތައްތަކެވެ. 

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ = 

- ޝައިޚް މުޙައްމަދު ޝާފިޢް

 

މިއަދު އޮންލައިން