ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑުހުޅުދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަނޑުހުޅުދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން މަރުހަބާއެއް ދަންނަވާފައިވާއިރު އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ ރައްޔިތުންނާ ރައިސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ރަށުގައި ބީއެމްއެލް އޭޓީއެމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކަނޑުހުޅުދޫގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރި، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށްވެސް ރައީސް ވަޑައިގަންނަވާނެއެވެ.