އެހެން ރައީސުންނާ ހިލާފަށް ރައީސް ޑރ.މުޢިއްޒު ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ހައްލު ހޯއްދަވައިދެއްވަން: ވަޒީރު އިބްރާހިމް ވަހީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެހެން ރައީސުންނާ ހިލާފަށް ރައީސް ޑރ.މުޢިއްޒު ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ހައްލު ހޯއްދަވައިދެއްވަން: ވަޒީރު އިބްރާހިމް ވަހީދު

އެހެން ރައީސުންނާ ޚިލާފަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ހައްލުތައް ހޯއްދަވައިދެއްވުމަށް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ރައީސް މުޢިއްޒުގެ ސިޔާސަތުތައް އެހެން ރައީސުންނާ ވަރަށް ތަފާތު ކަމަށެވެ. ކުރީގެ ރައީސުން ރަށްރަށަށް ވަޑައިގަންނަވަނީ ކެމްޕޭންތަކާއި ރަސްމިއްޔާތުތަކާ ދިމާކޮށް ކަމަށާއި، އެއާ ޚިލާފަށް ރައީސް މުޢިއްޒު ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ހައްލުތައް ހޯއްދަވައިދެއްވުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސް އެ ގެންދަވަނީ ރަށްރަށުގައި ހުރި މައްސަލަތައް ބައްލަވައި، އެކަންކަމަށް ބޭނުންވާ ހައްލު ހޯއްދަވައިދެއްވަމުން. ޒުވާނުން އެންމެ ބޮޑަށް ބޭނުންވަނީ ރަށުގައި ތިބެގެން ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިއުން. ރަށުގެ ރައްޔިތުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތަކުން އެކަމަށް ހައްލު ލިބިގެންދޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޒުވާނުންގެ ވަރަށް ގިނަ މައްސަލަތަކަށް، ޚާއްޞަކޮށް ރަށްރަށުގައި ބޭނުންވާ ކަންކަމަށް ރައީސް މުޢިއްޒު ހައްލު ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށެވެ. މީގެ ތެރޭގައި ޒުވާނުން އެންމެ ބޮޑަށް ފާހަގަކުރާ ވަޒީފާގެ ކަންކަން ހިމެނޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
                     

މިއަދު އޮންލައިން