ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގު ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގު ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގު ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ފަށައިފިއެވެ.

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، ބްރޯޑްބޭންޑް އިންޓަނެޓަކީ ގައުމެއްގެ އިޖްތިމާޢީ އަދި އިގްތިސޯދީ ތަރައްގީގެ ކުރިއެރުމަށް އިތިރު ހަލުވިކަމެއް ގެނސްދޭ ވަސީލަތެއް ކަމަށާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަރައްގީގެ ޕެލޭންގައި ބްރޯޑްބޭންޑްގެ ޚިދުމަތް ފުޅާކުރުން މުހިންމުކަމެއްގެ ގޮތުގައި ހިމަނާފައިވުމަކީ މީގެ ވަރަށް ބޮޑު ހެއްކެއްކަމަށެވެ.

"ރާއްޖޭގެ 100 ޕަސެންޓް ގޭބީސީތައް މިއަދު ދިރާގު ހައިސްޕީޑް ބްރޯޑްބޭންޑުން ގުޅާލުމުގެ ފުރުސަތު ފަހިވެފައިވާކަން ފަހުރުވެރިކަމާއެކު ފާހަގަކުރަން. ރާއްޖޭގެ މުއާސަލާތީ ތާރިހުގައި ކުލަގަދަކޮށް ފާހަގަކޮށްލެވޭނެ މުހިންމު ލަނޑުދަނޑި ތިޔަ ބޭފުޅުންނާ ހިއްސާކޮށްލެވުމަކީ އަޅުގަނޑަށް އަދި ދިރާގުގެ މުޅި ޓީމަށް ލިބޭ ބޮޑު ފަހުރެއް." ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ސްމާޓް ނޭޝަނަކަށް ހެދުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއްކަމަށް ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދެވޭ އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު މަތިކޮށް އިންޓަނެޓްގެ އަގު އަތްފޯރާފަށަށް ތިރިކުރުމަށް ކުރަށްވަމުން ގެންދަވާ މަސައްކަތަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދިރާގު ހައިސްޕީޑް ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.  

މިއަދު އޮންލައިން