ރައީސް ޑރ. މުޢިއްޒު ވެވަޑައިގަންނަވާ ވައުދެއް ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: މަޖިލީހުގެ ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރައީސް ޑރ. މުޢިއްޒު ވެވަޑައިގަންނަވާ ވައުދެއް ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: މަޖިލީހުގެ ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާ ވައުދެއް ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މަޖިލީހުގެ ރައީސް ވިދާޅުވީ ރައީސް މުޢިއްޒުގެ މަސައްކަތް ކުރައްވާ ގޮތާއި، މީހުންނާ ބާއްވަވާ ގާތްކަމާއި، މީހުންނަށް ކުރައްވާ އިތުބާރު ވަރަށް ކަމުދިޔަ ކަމަށެވެ. އަދި މި ހުރިހާ ކަމަކަށް ބަހާ ކަމަކަށް ބަލާއިރު ކުރީގެ ދުވަސްތަކާއި މިއަދާ ދެމެދު ތަފާތެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރުވެސް އަދި މާލޭގެ މޭޔަރަކަށް ހުންނެވިއިރުވެސް އެމަނިކުފާނު މަސައްކަތް ކުރެއްވި ގޮތަށް ބަލާއިރު އަޅުގަނޑަށް ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާ ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެކަން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބަސްދީގަތުމުގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުތަކުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އޮތް ގުޅުން ވަރުގަދަކަން ހާމަވެގެންދިޔައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ފުއްދެވުމަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަންވެސް އެނގިގެންދިޔައެވެ.                     

މިއަދު އޮންލައިން