ހާލުގައި ޖެހުނު އުމްރާވެރިން މި މަހު 10 ގައި މާލެ ގެނެވޭތޯ މަސައްކުރަމުން ގެންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ބުނެފައިވަނީ އެމީހުން ތިބިހޮޓަލުން ނިކުންނަން ޖެހޭތީވެ އެމީހުން ފުރަންވަންދެން ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމުގައި ތިބޭނެ ކަމަށާއި ކެއުމާއި ބުއިމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމަށެވެ.
އުމްރާވެރިންގެ ތެރޭގައި 12 އަހަރުގެ 3 ކުދިން ހިމެނޭކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މިކަމާގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ސޯޝަލްމީޑިއާގައި ވިދާޅުވީ މައްކާގައި މިވަގުތުގައި އޮތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް ދަނީ މަސައްކަތްކުރަމުން ކަމަށާއި މިކަމަށް ހައްޖު ކޯޕަރޭޝަންގެ އެމްޑީއަށް އިރުޝާދު ދީފައިވާ ކަމަށެވެ.
"ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ އަޅުގަނޑުމެން ނުތިބޭނަން. ރައީސް ޑރ. މުއިއްޒު އަބަދުވެސް އިރުޝާދު ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް. ދިމާވާ ކަންކަން ހައްލުކުރުމަށް" ޑރ.ޝަހީމް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މައްކާ ތާށިވެފައިވަނީ އަލްޙިޖްރު ނަމަކަށް ކިޔާ ކުންފުންޏެއްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ 24 ދިވެއްސެކެވެ.