އެންމެން ތިބާ ދޫކޮށްލައި އެކަނިވެރިކުރުވުމަކީ ﷲ ލައްވަވާ ބޮޑު ރަޙްމަތެއް! ދެރަނުވެ އެދެއްވަވާ ފުރުޞަތުގެ ބޭނުންހިފީމާ ލައްވަވާ ރަޙްމަތުގެ ބޮޑުކަން ވަޒަންވެސް ނުކުރެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އެންމެން ތިބާ ދޫކޮށްލައި އެކަނިވެރިކުރުވުމަކީ ﷲ ލައްވަވާ ބޮޑު ރަޙްމަތެއް! ދެރަނުވެ އެދެއްވަވާ ފުރުޞަތުގެ ބޭނުންހިފީމާ ލައްވަވާ ރަޙްމަތުގެ ބޮޑުކަން ވަޒަންވެސް ނުކުރެވޭނެ!: މުފްތީ މެންކް

ތިމާ އެމީހަކާއި ވަކިނުވެ އަބަދު އެކުގައި ހުންނަން ބޭނުންވާ މީހާ (ބައިވެރިޔާ) ތިމާ ދޫކޮށްލައެވެ. އެންމެ ގާތް އެކުވެރިންވެސް ތިމާ ދޫކޮށްލައެވެ. ޢާއިލާގެ މީހުންވެސް ތިމާ ދޫކޮށްލައެވެ. ހުރިހާ ގޮތަކުން އެކަނިވެރިވާންޖެހެއެވެ. 

އެކަމަކު ބުނަން ހެއްޔެވެ؟ އެއްގޮތަކަށްވެސް ދެރަވެ މާޔޫސް ނުވާށެވެ! ﷲ ތަޢާލާ ތިބާއަށް އެދެއްވެވީ ވަރަށް ވަރުގަދަ މެސެޖެކެވެ. އެދެއްވެވީ ވަރަށް ބޮޑު ފުރުޞަތެކެވެ.  

އެދެއްވެވި މެސެޖަކީ ތިމަން ﷲ ނޫން އެހެން އެންމެން ތިމާ ދޫކޮށް އެކަނިވެރިކޮށްލާނެ ކަމުގެ މެސެޖެވެ. އެދެއްވެވި ފުރުޞަތަކީ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވެ، ބާއްވަންޖެހޭ ގުޅުން ބަދަހިކުރުމުގެ ފުރުޞަތެވެ.  

މިމެސެޖަށް ވިސްނައި ސަމާލުކަންދީ އަދި މިފުރުޞަތުގެ ބޭނުން ހިފައިފިނަމަ އެމީހަކަށް ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ވަޒަންކުރަންވެސް ނުއެނގޭނެއެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސްމެއެވެ.  

ވީމާ އެންމެން ތިމާ ދޫކޮށްލިޔަސް ދެރަވެ ކަންބޮޑުނުވާށެވެ! ﷲ ތަޢާލާ ތިބާ ދޫކޮށެއް ނުލައްވަވާނެތެވެ. އިން ޝާ ﷲ. އެހެންވެ އަހުރެމެން ކުރަން އޮތްކަމަކީ ކިތަންމެ ގިނަ އެކުވެރިންނާއިއެކު އުޅުނަސް، ބައިވެރިޔާއާއި ޢާއިލާގެ އެންމެންގެ ލޯބި ލިބިގެން އުޅުނަސް ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި ބާއްވަންޖެހޭނެ ގުޅުން ފުރިހަމައަށް ބާއްވައިގެން އުޅުމެވެ. އަބަދުވެސް ކިޔަމަންތެރިކަން އަދާކުރުންމަތީގައި ދެމިހުރުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން