ލޮބުވެތި ޒުވާނުންނޭވެ! ކުޅިވަރުތަކުގައި ކުރިއަރައިދާން މަސައްކަތްކުރާއިރުވެސް ޢަރުޝީގެ ހިޔާވަހިކަން ލިބޭނެ ބައަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ލޮބުވެތި ޒުވާނުންނޭވެ! ކުޅިވަރުތަކުގައި ކުރިއަރައިދާން މަސައްކަތްކުރާއިރުވެސް ޢަރުޝީގެ ހިޔާވަހިކަން ލިބޭނެ ބައަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

ޒުވާން ޢުމުރުގައި ކުޅިވަރުކުޅުމާއި ކުޅިވަރުތަކުން ކުރިއަރައިދާން މަސައްކަތްކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެންމެ ބޮޑަށް ސަމާލުކަންދޭންވާނީ ތިމާއަކީ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ މީހަކު ކަމުގައިވުމަށެވެ. އެކަން ޙާޞިލްކުރެވޭނީ ޒުވާން ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފައި އަޅުކަންކުރުންމަތީގައި ދެމިހުރެގެންނެވެ. ނަމާދުތަކަށް ރައްކައުތެރިވެވިގެންނެވެ.  

ވިސްނައިލާށެވެ!  

މުސްލިމް ޒުވާނުންނޭވެ! ޝައްކެއް ނެތް ގޮތުގައި، ޒުވާނުންނަކީ، މިޤައުމުގެ އުއްމީދެވެ.  ޤައުމު ދިރިއޮތުމުގެ  ސިއްރެވެ. ކޮންމެ ޒުވާނަކަށް ލިބޭ ދެރައަކީ، ނުވަތަ ހިތާމައަކީ، އެކަމުގެ މައްޗަށް ޢާއިލާތަކާއި، މުޅި ޤައުމު ހިތާމަކުރާނޭ ކަމެކެވެ. އިސްލާމް ދީން ވަނީ ޒުވާނުންނަށް ތައުރީފު ކޮށްފައެވެ. އެއުރެންނަށް މަތިވެރި މަޤާމެއް ދީފައެވެ. ހެޔޮ ގޮތުގައި ތަރުބިއްޔަތު ވެގެން ﷲ އަށް އަޅުކަން ކުރުން މަތީ ދެމިހުންނަ ޒުވާނާ އަށް ޤިޔާމަތް ދުވަހު، މާތް ﷲ ގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެ ކަން ވަނީ ބަޔާން ކޮށްދެއްވާފަ އެވެ.  

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. (وَشَابٌّ نَشَأَ فِي عِبَادَةِ رَبِّهِ)6 މާނައީ: "މާތް ﷲ އެންގެވި ގޮތުގައި ތަރުބިއްޔަތުވެގެން އަޅުކަން ކުރުން މަތީ ދެމިހުންނަ ޒުވާނާއަށް މާތް ﷲ ގެ ޢަރްޝީގެ ހިޔާވަހިކަން ލިބިގެން ވެއެވެ." ކޮންފަދަ މަތިވެރި ނަޞީބެއް ހެއްޔެވެ؟ މިނަޞީބު ޙާޞިލުވުމަށް ނޭދޭނީ ފަހެ ކޮން ޒުވާނެއް ހެއްޔެވެ؟ 

ލޮބުވެރި މުސްލިމް އަޚުންނޭވެ! ހަށިގަނޑުގެ ގޮތުން ބަލިކަށި މުއުމިނަކަށް ވުރެ، ހަށިގަނޑުގެ ގޮތުން ވަރުގަދަ މުއުމިނާ ދެކެ، މާތް ﷲ ލޯބިވެވޮޑިގެން ވެއެވެ. މިހެންކަމުން ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި، ޝަރުޢީ ގިއުގަނޑުގެ ތެރޭގައި، ކުޅިވަރު ކުޅުމާއި، ކަސްރަތު ކުރުމަކީ އިސްލާމް ދީން މަނާކުރާ ކަމެއް ނޫނެވެ. 

- ހުކުރު ޚުޠުބާއަކުން

 

މިއަދު އޮންލައިން