ބައުވެ ވީދި ބޭނުންނުކުރެވޭވަރުވާ މުޞްޙަފްތައް ނައްތާލަން އެންމެ ރަނގަޅު ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބައުވެ ވީދި ބޭނުންނުކުރެވޭވަރުވާ މުޞްޙަފްތައް ނައްތާލަން އެންމެ ރަނގަޅު ގޮތް-

ބައުވެ ވީދި ބޭނުންނުކުރެވޭވަރުވާ މުޞްޙަފްތައް ނައްތާލަން އެންމެ ރަނގަޅު ގޮތަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.  

އެކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަންދައިލުމެވެ. އަންދާނަމަ ރަނގަޅަށް އެނދިކަން ޔަޤީންކުރަންވާނެއެވެ. ބައެއް ނުއަނދައި އޮއްވާ ކުންޠާއިއެކު އުކާލެވިދާނެ ކަމަށްޓަކައެވެ. މުޞްޙަފް ނޫން ނަމަވެސް ޤުރްއާން ލިޔެވިފައިވާ އެއްޗެއް ނައްތާލަން ބޭނުންނަމަ އަންދައިލާށެވެ.  

ބައެއް މީހުން އަންދަންޖެހިލުންވެ ކަނޑު ފެއްތުން ފަދަ ކަންކަން ކުރެއެވެ. ކަނޑު ފެއްތުމުން ހަލާނުވެ ހުރެ ލައްގައެވެ. އެހެންވެ ޑރ. ޢަބްދުލަމްޖީދު ޢަބްދުލްބާރީ ވިދާޅުވެފައިވަނީ އެ ސަބަބަށްޓަކައި ކަނޑު ނުފެއްތުމަށެވެ.   

ސުވާލު:. ޤުރުއާން ލިޔެފައި ހުންނަ ގަނޑު އަލިފާނުން އަންދައިހެދުމަކީ ކޮންކަހަލަ ކަމެއްތޯ؟ ފޮތްފޮތުގައި ލިޔެފައި ހުންނަ ޤުރުއާނާ މެދު ކަންކަން ކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟ 

މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ: "އެ ތަކެތި ނައްތައިލުމަށް އެންމެ ރަނގަޅު ގޮތަކީ އަންދައިލުން" ކަމަށެވެ.

މިއަދު އޮންލައިން