އަނބިދަރިންގެ ކަންކަން ބަލާނެ ވަޤުތު ނުވާކަމަށް ބުނަމުން ތިމާއަށް ފައިދާ ނުކުރާނެ ކަންކަމަށް ވަޤުތު ހޭދަކުރުމަކީ ކުރެވޭ ފާފައެއް! ޢާއިލާތައް ރޫޅޭ އެއް ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އަނބިދަރިންގެ ކަންކަން ބަލާނެ ވަޤުތު ނުވާކަމަށް ބުނަމުން ތިމާއަށް ފައިދާ ނުކުރާނެ ކަންކަމަށް ވަޤުތު ހޭދަކުރުމަކީ ކުރެވޭ ފާފައެއް! ޢާއިލާތައް ރޫޅޭ އެއް ސަބަބު!

ޢާއިލީ ޒިންމާގެ ތެރެއިން އެންމެ މުހިންމީ ތިމާގެ ޢާއިލާގެ ޒިންމާއެވެ. އަނބިދަރިންނާއި މައިންބަފައިންގެ ޒިންމާ ތަކެވެ. ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެކަމަށް ވަޤުތު ނުވާކަމަށް ބުނަމުން ތިމާއަށް ފައިދާއެއް ނުކުރާނެ ކަންކަމަށް ވަޤުތު ހޭދަކުރާނަމަ އެކުރެވެނީ ހަމަ ބޮޑު ފާފައެކެވެ.

މިހާރަކަށް އައިސް ދެމީހަކު ބައްދަލުވެ ވާހަކަދައްކައިލާއިރު ދުނިޔޭގެ 4 ބިތުގައި ހިނގާ ހުރިހާ ކަންކަން ކޮންމެ މީހަކަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އަދި އެކަންކަން އެއަށްވުރެ މާފުރިހައަށް ކުރާނެ ގޮތުގެ މައުލޫމާތާއި ވިސްނުން ވެސް ހުންނަކަމަށްވެއެވެ.

މައްސަލައަކަށްވަނީ ދުނިޔޭގައި ހިނގާ ހުރިހާ ކަންކަން ދިރާސާކޮށް ދެނެގަންނަން މަސައްކަތްކުރާ މީހާގެ މައްޗަށް ﷲ ތައާލާ އެނގުން ވާޖިބު ކުރެއްވެވި ކަންކަން މިއޮންނަކީ ނުއެނގިފައިކަމެވެ. ތިމާގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށްށްޓަކައި ތިމާއަށް ކޮންމެހެން އެނގެން ޖެހޭ ކަންކަން މިއޮންނަނީ ނުއެނގިފައެވެ.

 

އަނބިދަރިން ނުވަތަ މައިންބަފައިން ޝަކުވާއެއް ކޮފިނަމަ މިބުނަނީ ކުރަންޖެހޭ މަސައްކަތް ގިނަވެ "ބިޒީ"ކަންބޮޑުވެ އެމީހުންގެ އަމިއްލަ ޢާއިލާގެ ކަންކަން މައިންބަފައިންނާއި އަނބިދަރީންގެ ކަންކަން ބަލައިލާނެ ވަގުތުވެސް ނުލިބެނީ ކަމަށެވެ. ނަމަވެސް މިފަދަ މީހުން ދުނިޔޭގައި ހިނގާ ހުރިހާ ކަންކަން ބަލަން މަސައްކަތް ކުރެއެވެ. އެކަމަށް ބަރާބަރަށް ވަގުތު ލިބެއެވެ.

ޙަޤީޤަތަކީ މިފަދަ މީހުންނަށް ހަމަ އެއްވެސް ކަމެއް ނުއެނގޭކަމެވެ. ތިމާއަށް އެނގުން ކޮންމެހެން ލާޒިމްވެގެންވާ ކަންތަކާއި ލާޒިމް ނޫންކަމެއްވެސް ނުއެނގޭކަމެވެ.

މިހެން ބުނަން މިޖެހެނީ ރޭ ޔޫރަޕްގައި ހިނގި ކޮންމެވެސް ކަމެއްގެ ކަންކަން އެނގޭމީހާއަށް އަމިއްލަ ގޭތެރޭގެ ކަންކަން ނުއެނގޭތީއެވެ. އަނބިދަރިންނާއި މައިންބަފައިންގެ ޙާލު ނުއެނގޭތީއެވެ. ގެއަސް ހޯދަންޖެހިފައިވާ ކާބޯތަކެތިވެސް ނުއެނގޭތީއެވެ. ދަރިންގެ ކިޔެވުމުގެ ކަންކަންވެސް ނުއެނގޭތީއެވެ.

މިކަންކަމުގެ ސަބަބުން ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުނުކުރެވިގެން ކައިވެނިތައް ރޫޅެންޖެހޭކަން އެއީ ހިތާމަހުރިކަމެކެވެ. އަދި އެފަދަ މައްސަލަތައް އިތުރުވަމުންދާކަން އެއީ އެންމެ ބޮޑު އެއް ހިތާމައެވެ.

ދުނިޔޭގައި ހިނގާ ކަންކަން ދެނެގަތުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ތިމާއަށް ކޮނަމެހެން އެގެން ޖެހޭކަންކަން ނުއެނގޭތީއެވެ. މިއީ ސަމާލުކަންދީގެން އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ.

--އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން