މޯލްޑިވިސް ޕޮލޓެކްނިކްގެ އެކި ކޯސްތަކުގައި މުޅިން ހިލޭ ބައިވެރިވެ، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތަމްރީނުވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ޕޮލިޓެކްނިކްގައި ކުރިއަށްގެންދާ މިދަފަ ހުރިހާ ކޯސްތަކަކީ އެއްވެސް ފީއަކާއި ނުލައި، މުޅިން ހިލޭ ކުރިއަށްގެންދާ ކޯސްތަކެކެވެ. އެގޮތުން، ވަޑާންކުރުން، ކަރަންޓު މަސައްކަތް، ދަނޑުވެރިކަން، ކޭކް ޑެކޮރޭޝަން، ފެޝަން ޑިޒައިނިންގ ފަދަ ދިވެހިރާއްޖެއަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ޕޮލިޓެކްނިކުން ދަނީ ސެޓްފިކެޓް ލެވެލް 3 ކުން ފެށިގެން ޑިޕްލޮމާއާއި ހަމައަށް އެކި ކޯސްތަށް ކުރިއަށްގެންދަމުންނެވެ.
ޕޮލިޓެކްނިކްގެ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އިންޓޭކްގައި ބައިވެރިވުމަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ކޯސްތަކަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
https://forms.gle/GzDVKEydPTzT7vWQ6
މި ކޯސްތަކާއި ގުޅޭ އިތުރު މަޢުލުމާތު ހޯއްދެވުމަށް ޕޮލިޓެކްނިކްގެ ވެބަސައިޓް http://www.polytechnic.edu.mv/ މެދުވެރިކޮށް އަދި 3000930 އަށް ގުޅުއްވައިގެން ލިބިލައްވާނެއެވެ.
ހަބަރު: ސަރުކާރު