ދަރުސް ފެށުމުގެ ކުރިން ގިނަ ބައަކަށް އޮޅުންއަރާ ކަމެއް ސާފުކޮށްލައި ދޭނަމެވެ! ދަރިން ދުނިޔެއަށް ފޮނުއްވަވަނީ ރިޒުޤާއިއެކު ކަމަށް ބުނެވޭ ބަހުގެ މާނައަކީ ދަރިންނަށް ޚަރަދުނުކުރިޔަސް ފުދޭނެ ވާހަކައެއް ނޫނެވެ. ދަރިން ކުޑައިރު އެކުދިންގެ ރިޒުޤް ޙަވާލުކުރައްވަވާނީ ބެލެނިވެރިންނަށެވެ. އެ އަމާނާތް އަދާނުކުރުމުން ޖެހޭ މައްސަލަތަކުގެ ޒިންމާ އުފުލަން ބައްޕައިންނަށް ޖެހޭނެއެވެ. ޒިންމާ ނުއުފުލިނަމަ ފާފަވެރިވެސްވާނެއެވެ.
ޢުމުރުން ކިތަންމެ ގިނަދުވަސްވެ މުސްކުޅިވެފައި ހުއްޓައި ދަރިއަކު ލިބުނު ނަމަވެސް ކަންބޮޑުނުވާށެވެ! ކޮންމެ މީހަކަށްވެސް ދަރިން ދެއްވަވަނީ ﷲ ތަޢާލާއެވެ. އެކަމަށް ﷲ ތައާލާ އެންމެ ރުހިވޮޑިގަންނަވާ ވަގުތުގައެވެ.
ބައެއް ރިވާޔަތުގައިވާގޮތުން ޒަކަރިއްޔާގެފާނު ދަރިކަލަކަށް އެދިވަޑައިގެން ދުޢާކުރެއްވެވީ ޢުމުރުފުޅުން 120 އަހަރުގައެވެ. އެއރު އަނބިކަނބަލުންގެ ޢުމުރުފުޅަކީ 98 އަހަރެވެ. ދުޢާ ޢިޖާބަ ކުރައްވަވައި ދަރިކަލުން ޔަޙްޔާގެފާނު ދެއްވެވެވިއެވެ. އެހައި މުސްކުޅިފުޅު ޢުމުރުފުޅުގައި ޔަހްޔާގެފާނު ކަންބޮޑުވެވަޑައިގަތީ ދަރިކަލުން ބަލަހައްޓަވާނެ ގޮތަކާއިމެދުގައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވެވީ އެކަން ﷲ ތަޢާލާއަށް ވަކީލްކުރެއްވެވުމަށެވެ. ނެތުމުގެ ތެރެއިން ޒަކަރިއްޔާގެފާނު އުފައްދަވައި ނިޢްމަތް ދެއްވެވީވެސް ﷲ ތަޢާލާ ކަމަށެވެ.
He (Zakariyya said, My Lord when shall there be a son (born) to me, and old age has already come upon me, and my wife is barren? At that time Zakariyya was 120 years old and his wife 98. According to ‘Ali ibn Ibrahim the wife was old and did not used to get menstrual course. It was not a question to be against Allah’s will but he was surprised to beget a son in old age.) Zakariyya said, Even thus does Allah what He pleases.
މިކަމުން އެނގެނީ އަނބިމީހާ ކިތަންމެ މުސްކުޅިވެ ޢިއްދައިން ކެނޑިފައި އިންނަމަވެސް ﷲ ތަޢާލާ އިރާދަކުރައްވަވައިފި އަޅަކަށް ދަރިއަކު ދެއްވަވާނެ ކަމެވެ. އެކަމަށް ވަކިޢުމުރެއް ނެތްކަމެވެ.
ޒަކަރިއްޔާގެފާނުގެ ދެކަނބަލުންގެ އުމުރުންފުޅުން ގިނަދުވަސްވެ ތިއްބެވީ ދަރިކަލަކު ލިބިވަޑައިގަތުން އެކަށީގެންވާ ޢުމުރު ފަހަނައަޅާފައިކަމަށް ﷲ ތަޢާލާއަށް ދެންނެވެމުން ﷲ ތަޢާލާ ވަޙީކުރެއްވެވި ބަސްފުޅު ހަނދުމަކުރާށެވެ! "---(ކަންހުރީ) އެފަދައިންނެވެ. ﷲ، އެކަލާނގެ އިރާދަކުރައްވަވާ ކަމެއް ކުރައްވަވަތެވެ." (އާލްޢިމްރާން:40)
ދަރިން ލިބުމުން ދަރިން ހެޔޮގޮތުގައި ބަލަހައްޓައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. ކާންބޯން ދިނުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. މަސައްކަތްކުރަމުން ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ. އެކަލާނގެ ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢްލޫމާތު: ޝައިޚް އަބޫބަކުރު ޒައުދު، އަލް އިސްލާމް އިން