ޢާއިޝަތު ރަފާޙް ޢަލީ
ދުނިޔޭގައި ތިމާއަކީ އެންމެ ކާމިޔާބު މީހަކު ކަމުގައި ވެވުނަސް އެކަމަކުން ކުރާނެ ހަޤީޤީ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ތިމާއަކީ އާޚިރަތް ދުވަހު އުފާކުރެވޭނެ މީހަކު ކަމުގައި ވެވިއްޖެނަމައެވެ.
ކީރިތި ގުރްއާނުގައި ކާމިޔާބުގެ މަފްހޫމަށް ބަލާއިރު އެއީ ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބު ހޯދަން ބޭނުންވާ މީހުންނަށް ބެލޭނެ ދަލީލެކެވެ. މިގޮތުން ކީރިތި ގުރްއާނުގައި ކާމިޔާބަށް ވާސިލުވެވިދާނެ އެތައް ކަމެއް ﷲ ސުބްހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އަންގަވާފައިވެއެވެ.
މިގޮތުން ތިރީގައި ބައެއް ކަންކަން ހިމަނާލާނަމެވެ.:
1. އީމާންކަމާއެކީގައި ހެޔޮ ޢަމަލުކުރުން: އީމާންކަމާއި ނުލާ އެއްވެސް މީހަކަށް ކާމިޔާބެއް ހާސިލެއް ނުވާނެއެވެ. އަދި ﷲ ސުބްހާނަހޫ ވަތަޢާލާ ބަގަރާ ސޫރަތުގައި ވަހީ ކުރައްވާފައިވެއެވެ.
أُو۟لَٰٓئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴿٥﴾
މާނައީ: އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ތެދުމަގުގެ މަތީގައެވެ. އަދި ދިންނަވާނޭ މީހުންނީ، ހަމަ އެއުރެންނެވެ. (އަލް ބަޤަރާ: 5)
2. ނަމާދަށް ފަރުވާތެރިވުން:
ނަމާދު އޭގެ ވަގުތުގައި އަދާކުރުން. މާތް ﷲ ކީރިތި ގުރްއާނުގެ މުއުމިނޫން ސޫރަތުގައި ވަހީ ކުރައްވާފައިވެއެވެ.
قَدْ أَفْلَحَ ٱلْمُؤْمِنُونَ ﴿١﴾
މާނައީ: مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ." އެހެނީ މުއުމިނުންގެ ސިފަތަކަކީ ނަމާދަށް ފަރުވާތެރިވުމާއި، ނަމާދުގައި ޚުޝޫއަތްތެރިވުމާއި، ޢަހްދަށް ރައްކާތެރިވެ، ޒަކާތް ދިނުމާއި ޢިއްފަތްތެރިކަން ހިމެނެއެވެ.
3. ގިނަގިނައިން ތައުބާވުން:
މާތް ﷲ ކީރިތި ގުރްއާނުގެ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿٣١﴾
މާނައީ: "އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ."
4. ތަގްވާވެރިވުން:
މާތް ﷲ ބަގަރާ ސޫރަތުގައި ވަހީ ކުރައްވާފައިވެއެވެ.
وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ ﴿١٨٩﴾
މާނައީ: އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.
5. މީހުންނަށް ހެޔޮ ކަންކަމަށް ގޮވާލުން:
މާތް ﷲ ކީރިތި ގުރްއާނުގައި އާލް ޢިމްރާން ސޫރަތުގައި ވަހީ ކުރައްވާފައިވެއެވެ.
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴿١٠٤﴾
މާނައީ: "ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ."
6. ﷲ ތަޢާލާއަށް ޒިކުރު ކުރުން މަތީގައި ދެމިހުރުން:
މާތް ﷲ އަންފާލް ސޫރަތުގައި ވަހީ ކުރައްވާފައިވެއެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمْ فِئَةً فَٱثْبُتُوا۟ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ﴿٤٥﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (كافر ންގެ ހަނގުރާމަވެރި) ބަޔަކާ ބައްދަލުވެއްޖެނަމަ ސާބިތުވެ ތިބޭހުށިކަމެވެ! އަދި ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."
7. ހަރާމް ކަންތައްތަކުން ދުރުހެލިވުން:
މާތް ﷲ ކީރިތި ގުރްއާނުގައި މާއިދާ ސޫރަތުގެ 90 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ."
8. ﷲ ސުބްހާނަހޫ ވަތަޢާލާގެ ޝަރީީޢަތަށް ބޯލެނބުން:
މާތް ﷲ ކީރިތި ގުރްއާނުގެ ނޫރު ސޫރަތުގެ 51 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴿٥١﴾
މާނައީ: "އެއުރެންގެ މެދުގައި، حكم ކުރެއްވުމަށް اللَّه އާއި، އެކަލާނގެ رسول އާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިހިނދަކު، مؤمن ންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެއުރެން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ."
9. ޙައްގުތައް އޭގެ އަހުލުވެރިންނަށް އަދާކުރުން:
މާތް ﷲ ކީރިތި ގުރްއާނުގެ ރޫމް ސޫރަތުގެ 38 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
فَـَٔاتِ ذَا ٱلْقُرْبَىٰ حَقَّهُۥ وَٱلْمِسْكِينَ وَٱبْنَ ٱلسَّبِيلِ ۚ ذَٰلِكَ خَيْرٌ لِّلَّذِينَ يُرِيدُونَ وَجْهَ ٱللَّهِ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ﴿٣٨﴾
މާނައީ: "ފަހެ، ތިމާގެމީހާއަށާއި، مسكين އާ އަށާއި، ދަތުރުވެރިޔާއަށާއި، (މިއިން ކޮންމެ މީހަކަށް) އެމީހެއްގެ حق ދޭށެވެ! اللَّه ގެ وجه ފުޅު އެދިގެން އުޅޭ މީހުންނަށް އެގޮތް ހެޔޮކަން ބޮޑެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ."
10. ފަރްޟުތައް އަދާކުރުމަށް އަހައްމިއްޔަތުކަން ދިނުން
ވީމާ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ހޯދަން ބޭނުންވާ މީހުން ކީރިތި ޤުރްއާނުގައިވާ މިކަންކަމަށް ޢަމަލުކުރާށެވެ! ކާމިޔާބީ މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ