ރަނގަޅު ގޮތުގައި ކައިވެނި ދަމަހައްޓައިދޭ އެންމެ ބޮޑު ބާރަކީ ކޮބައިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރަނގަޅު ގޮތުގައި ކައިވެނި ދަމަހައްޓައިދޭ އެންމެ ބޮޑު ބާރަކީ ކޮބައިކަން އެނގޭތަ؟

ކައިވެނިކުރުމަކީ ޢާންމު ގޮތެއްގައި ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް ރަނގަޅު ގޮތުގައި ކައިވެނި ދެމެހެއްޓުމަކީ ކުރަން އެހައިފަސޭހަކަމެއް ނޫނެވެ. ވީމާ ރަނގަޅު ގޮތުގައި ކައިވެނި ދަމަހައްޓައިދޭ އެންމެ ބޮޑު ބާރަކީ ކޮބައިކަމާއިމެދު ބޮޑެތި ބަޙުސްތައް ކުރެވެއެވެ. ވަރަށް ގިނަ ވާހަކަތައް ދެކެވެއެވެ.

އެއިގެ ތެރެއިން ގިނަ ބއަކު އެންމެ ބޮޑަށް ފާހަގަކުރެވެނީ އިޙްޞާންތެރިކަމެވެ. މުސްލިމުން ނޫން މީހުން އެބަސް އެހެން ގޮތަކަށް ބޭނުންކޮށްފާނެއެވެ. އެމީހުން ބުނާނީ ބައިވެރިޔާއަށް އިޙްތިރާމްކުރުނަ ކަމަށެވެ. މިކަމުގައި ދެބަހުގެ މާނަވެސް ނަގަނީ އެއްގޮތަކަށެވެ.

ކައިވެނީގައި އިޙްޞާންތެރިވުމުގެ މާނައަށް ބެލިނަމަވެސް އެއީ ބައިވެރިޔާގެ ލޮލަށް ނުފެންނަ ޙާލަތުގައިވެސް ތެދުވެރިވުމެވެ. ވަފާތެރިވުމެވެ. އަދި އިޙްތިރާމް ކުރުމުގެ މާނަވެސް ނަގަނީ ހަމަ އެގޮތަށެވެ. ބައިވެރިޔާ އާއިއެކުގައި ނުވާ ޙާލުގައިވެސް ތެދުވެރިވެ ވަފާތެރިވުމަށެވެ.

މިކަން ރަނގަޅު ގޮތުގައި ދެމަފިރިންވެސް ދެމެހެއްޓުމަކީ ރަނގަޅު ގޮތުގައި ކައިވެނި ދެމެހެއްޓުމުގެ އެންމެ ބޮޑުބާރުކަމުގައި ބުނެވެނީ ދެމަފިރިންވެސް ތެދުވެރިވެފައި ވަފާތެރިވާނަމަ ކައިވެރި ރޫޅުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވެގެންދާތީއެވެ. ލޯތްބާއިއެކު ކައިވެނި ދެމިއޮންނާތީއެވެ. އަދި ގިނަ ކައިވެނިތައް ރޫޅެމުން މިދަނީ މިކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތީކަމަށްވާނަމައެވެ.

މިކަން މިގޮތަށް ޤަބޫލުކުރާނަމަ އެކުވެރިންނަށް ޝެއާކޮށްލާށެވެ. އެމީހުންނަށްވެސް މިކަންކަން ވިސްނި ކައިވެނި ދަމަހައްޓަން މަސައްކަތްކުރަން މަގުފަހިވާނެތީއެވެ. ކައިވެނި ރަނގަޅު ގޮތުގައި ބަހައްޓަން އެހީތެރިވެދިނުމަކީ އަނެކާއަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމެވެ.

 

މިއަދު އޮންލައިން