ނުބައި ބައިވެރިންނާއި އެކުވެރިންގެ ނުބައިކަމުން ސަލާމަތް ކުރައްވައި އުފާވެރިކަން ދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ނުބައި ބައިވެރިންނާއި އެކުވެރިންގެ ނުބައިކަމުން ސަލާމަތް ކުރައްވައި އުފާވެރިކަން ދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

ކޮންމެ މީހެއްގެ ޙަޔާތަށް ބެލިނަމަވެސް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކައިވެނިކުރެވޭ ބައިވެރިޔާ އާއި އެކުވެރިންނަކީ ނުބައި މީހަކަށްވުމެވެ. މަކަރުވެރިން ކަމުގައިވުމެވެ. އެހެންކަމުން މިދުޢާއަކީ ކޮންމެ މީހަކުވެސް ކުރަން ރަނގަޅު ދުޢާއެކެވެ.  

"ޔާ ﷲ! އެމީހަކާއި އެކުގައި އުޅުމުން މިއަޅާއަށް ފައިދާއެއް ނުކުރާނެ އެންމެންނާއި މިއަޅާ ވަކިކުރައްވަވައި ދުރުހެލިކުރައްވަވާނދޭވެ!

"ޔާ ﷲ! މިއަޅާއަށް ދޮގާއި މަކަރު ހަދާ އެންމެންގެ ޙަޤީޤަތް މިއަޅާއަށް އަންގަވައިދެއްވަވާނދޭވެ! އަދި އެމީހުންގެ މަކަރުވެރިކަމުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ!

"ޔާ ﷲ! މިއަޅާގެ އެއްވެސް ކުށެއް ނެތި މިއަޅާ އަށް ހިތްދަތިކަންދީ މިއަޅާއާއި ވަކިވެގެންދާ ހަމައެކަކަށްވެސް އެނބުރި ބަލާނުލައި ކާމިޔާބުކަމާއިއެކު ކުރިއަށް ދިއުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ!" ޢާމީން

މިއަދު އޮންލައިން