ރައީސް ޑރ.މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް ދޫކުރަނީ 48 ދަޅުގެ މަސްކޭހެއް: މިފްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރައީސް ޑރ.މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް ދޫކުރަނީ 48 ދަޅުގެ މަސްކޭހެއް: މިފްކޯ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ދޫކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން މިފްކޯއިން ބުނެފައިވަނީ މި މަސައްކަތް ކުރިއަށް ގެންދަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން ކަމަށެވެ. އަދި ރައީސްގެ ނިންމެވުމާ އެކު އިތުރު މަސްދަޅު އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މިފްކޯއިން އިތުރަށް ބުނެފައިވަނީ އަންނަ މަހު މަސްދަޅުތައް ތައްޔާރުކޮށް ނިމުމުން ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަސްދަޅު ކޭސް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މިފްކޯއިން ކޮންމެ ރަމަޟާން މަހަކަށް ލައްކައަކާ ގާތްކުރާ އަދަދަކަށް މަސްދަޅު އުފައްދާ ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިފްކޯއިން މިހާރުވެސް އިތުރު މަސްދަޅު އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ ސަބަބުން ރާއްޖޭގެ ގިނަ ގޭބިސީތަކަށް ރަމަޟާން މަހުގެ ޚަރަދުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.                     

މިއަދު އޮންލައިން