އިޚްލާޞް ސޫރަތް ކިޔެވުން ގިނަކުރާށެވެ! އެއީ ހުރިހާ ގޮތަކުންވެސް ފައިދާހުރި ޢަމަލެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
އިޚްލާޞް ސޫރަތް ކިޔެވުން ގިނަކުރާށެވެ! އެއީ ހުރިހާ ގޮތަކުންވެސް ފައިދާހުރި ޢަމަލެކެވެ!

ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ވީހާ ގިނައިން ޤުރްޢާން ކިޔަވާ މީހަކަށްވުމަށެވެ. ހުސްވަޤުތެއް ލިބިއްޖެނަމަ މުޞްޙަފް ބަލައިގެން ނުވަތަ ފޯނުންވެސް ކިޔަވަން އުނދަގޫވާ ޙާލަތުގައި ހިތުން ދަންނަ ސޫރަތްތަކާއި އާޔަތްތައް ކިޔަވާށެވެ. ބަސް ނުވަތަ ލޯންޗް ދަތުރެއްގެ މަތީގައި ނަމަ ބޭކާރު ވާހަކަތައް ދައްކަން ވަޤުތު ހޭދަކުރުމުގެ ބަދަލުގައި ޤުރްއާނުން އަކުރެއްނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ! އެކަމުގެ ފައިދާ އެމީހަކަށް ކުރާނެތެވެ. އިން ޝާ ﷲ 

ކޮންމެ ނަމާދެއްގެ ފަހުގައިވެސް ޤުރްއާނުން މިންވަރެއް ކިޔަވާށެވެ! ވަގުތު އޮތްނަމަ ގިނަ އާޔަތްތަކެވެ. ވަގުތު ނެތްނަމަ ކިތަންމެ ކުރު ސޫރަތެއް (އިޚްލާޞް ސޫރަތް) ނަމަވެސް ކިޔަވައި ﷲ ގެ ކަލާމްފުޅަށް  ތިބާގެ ހިތުގައި އޮތް ލޯބި ހާމަކުރާށެވެ! 

ޔަޤީންކުރެވޭ އެންމެ ބޮޑު ކަންތައް އޮތީ ނޫންހެއްޔެވެ؟ އެއީ އިޚްލާޞް ސޫރަތަކީ ކީރިތި ޤުރްއާނުގެ ތިންބައިކުޅަ އެއްބައި ކަމަށް އޮތް ޞަޙީޙް ޙަދީޘްފުޅެވެ. އެއިގެ މާނައަކީ އިޚްލާޞް ސޫރަތަކީ އެހައިމެ ބުރަދަންހުރި ސޫރަތެއް ކަމެވެ. ފަތިސް ނަމާދާއި މަޤްރިބްނަމާދަށްފަހު އިޚްލާޞް ސޫރަތް 3 ފަހަރު ކިޔެވުމަކީ ޛިކުރުކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހަށި ރައްކަލަށްވެސް ކުރަން އޮތް ކަމެކެވެ. ޝައިޠޯނާގެ ކިބައިންނާއި ސިޙުރާއި އެސްފީނާއިން ސަލާމަތްވެ ހުންނަންވެސް ކުރަން އޮތް ކަމެކެވެ. 

އެހެން ނަމާދުތަކުގެފަހުން އެންމެ ފަހަރަކުނަމަވެސް ކިޔަވަންވީ ނޫންހެއްޔެވެ؟ އަދިވެސް ހަމަތަކުރާރުކޮށްލާނަމެވެ. ކިޔަވަންވާނީ އިޚްލާޞްތެރިކަމާއިއެކުގައެވެ. 

މިއާޔަތްތަކުގެ މާނަ މިގޮތަށް ވިސްނައިގެން ކިޔެވީމާ ހިތަށް ވަރަށް ބޮޑަށް އުފާވެރިކަން ލިބެއެވެ. 

އޭ މީސްތްކުންނޭވެ! ތިމަން ﷲ އީ އެއްކައުވަންތަ ﷲ އެވެ. ތިމަން ﷲ އީ އެއްވެސް އިތުރުބައިވެރިއަކަށް ބޭނުންފުޅުވެ ވޮޑިގެން ނުވާ ދުނިޔޭގައި ކިތަންމެ ގިނަ ބައަކު އުޅުނަސް ތިއައިން ހަމައެންމެ މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ތިމަންﷲ ބޭނުންފުޅުވެވޮޑިގެންނުވާ ﷲ އެވެ. ނަމަވެސް ތިއަބައިމީހުން ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ޙާޞިލުވުން އޮތީ ތިމަން ﷲ އެކަމެއް މިންވަރު ކުރެއްވެވުމުންނެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ ﷲ އެވެ."

"ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ."

"އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ."

"އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ." 

ފަރުޟު ނަމާދުތަކުގައި އަލްޙަމްދަށްފަހު ސޫރަތެއް ވިދާޅުވެ އަދި އެއިގެފަހަތުން އިޚްލާޞް ސޫރަތް ވިދާޅުވަމުން ގެންދެވި ޞަޙާބީއަކު އެކަން ކުރައްވަވަނީ އެސޫރަތުގައި (ﷲ ތަޢާލާއީ އެއްކައުވަންތަ ﷲ) ކަމަށް އޮތުމުން ލޯބިފުޅުވާވަރުން ކަމަށް ވިދާޅުވުމުން އެކަމުގެ ސަބަބުން (އޭނާދެކެވެސް ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވައި) އޭނާ ސުވަރުގެ ވައްދަވާނެކަމަށް ރަސޫލް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. 

Anas ibn Malik reported: A man said, “O Messenger of Allah, I love this chapter, ‘Say: He is Allah, the One,’” (112:1). The Messenger of Allah, peace and blessings be upon him, said, “Your love for it will admit you into Paradise.” 

Source: Ṣaḥīḥ al-Bukhārī 742 

ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަތުމަށްޓަކައިވެސް އިޚްލާޞް ސޫރަތް ކިޔެވުން ގިނަކުރަން އެބަޖެހޭ ނޫންހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން