މޯލްސް ކިޔަނީ މުލިހި ގޮތަށް ހަމުގައި އުފުލިފައި ހުންނަ އެއްޗެއްސަށެވެ. މޯލްސް އުފެދެނީ ހަމުގައި ހުންނަ ޕިގްމެންޓް އުފައްދާ ސެލްތައް، މެލަނޯސައިޓްސް ގެ ނަމުން މަޝްހޫރު ސެލްތައް އެއްކޮށް ޖަމާވުމުންނެވެ. މި ކްލަސްޓަރަށް ބައެއް ފަހަރު ނޭވަސް ("ނެވީ" ގެ ނަން ލިބިފައިވާ އެތައް މޮލްތަކެއް ހުންނަ) ގެ ނަމުން ވެސް ނަންދެވިފައިވެއެވެ. އެއީ ހަށިގަނޑުގެ ކޮންމެ ތަނެއްގައި ވެސް — ބޮލުގެ އިސްތަށިގަނޑުގައި، ނިޔަފަތިތަކުގެ ދަށުގައި، ކަކުލުގައި، އަދި ފައިގެ އިނގިލިތަކާއި އިނގިލިތަކުގެ މެދުގައި ވެސް އުފެދިދާނެ އެއްޗެހިތަކެކެވެ.
ބައެއް މީހުންނަށް ކޮންމެ ޢުމުރެއްގައިވެސް މިމައްސަލަ ކުރިމަތިވެދާނެއެވެ. އުމުރުން 40 އަހަރު ފުރޭފަހުންވެސް ދިމާވެދާނެއެވެ. ދިމާވާނެ ނަމަވެސް މާބަނޑު ދުވަސްވަރު ދިމާވާ ފަދަ ހޯރމޯން ބަދަލުތަކުގެ ސަބަބުން އެ މޯލްތަކުގެ ކަޅުކަން ބޮޑުވެދާނެ އެވެ.
ގިނަ މޯލްތަކަކީ މުށިކުލައިގެ ތަފާތު ޝޭޑްތަކެއް ނަމަވެސް ވައްތަރަށް ބަލާއިރު ޓޭން، ބްލޫ، ރެޑް، ޕިންކް ނުވަތަ ކަޅު ކުލަތަކަކަށް ވެދާނެއެވެ. ގިނަ ފަހަރަށް، އެއީ އޯވަލް ނުވަތަ ވަށައިގެންވާ މޮލްތަކެއް ކަމަށްވާއިރު ގިނަ މޯލްތަކުގެ ދިގުމިނަކީ އިންޗިއެއްގެ ހަތަރުބައިކުޅަ އެއްބައި ވަރުގެ ކުދި މޯލްތަކެކެވެ.
މޮލްގެ ޓެކްސްޗަރ ފަށަލަ ފަށަލައާއި އުފުލިފައިވާ ގޮތާއި ތަފާތުވެ، މަތީގައިވާ ހަންގަނޑު ރިއްސާ ނުވަތަ އޮމާންވެފައި ހުރެދާނެއެވެ. ބައެއް މޯލްތަކުން އިސްތަށިވެސް ފަޅައެކެވެ.
ހަށިގަނޑުގަ ޖަހާ ކޮންމެ މޯލަކީ ގެއްލުންދޭ އެއްޗެއް ނޫނެވެ. ނަމަވެސް ބައެއް މީހުން ވިސްނާނުލައި އަނިޔާކުރެއެވެ. އެކަމުގެ ސަބަބުން ގެއްލުންތައްވެސް ލިބެއެވެ. މޯލަކާއިމެދު ކަންބޮޑުވާންވާނީ އެއިން އުނދަގުލެއްވާނަމައެވެ. ވީމާ ފުތަމަ ކަމަކަށް ޑޮކްޓަރަކަށް ދައްކައި ލަފާހޯދާށެވެ!
ބައެއް ފަަހަރު އަމިއްލައަށް ލުއްސާލަން އުޅުމުން ގިނައިން ލޭއައިސް ފާރުވުން ފަދަ މައްސަލަތައްވެސް ކުރިމަތިވެއެވެ. އަދި ބޮޑުލަކުނެއްލާގޮތްވެސް މެދުވެރިވެއެވެ. ބައެއް ފަހަރު ވަޅުގަނޑެއްވެސް އުފެދެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރުންގެ ލަފާ ހޯދުމެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު