ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީޘްފުޅުން އެނގެނީ މައިންނަށް ހެޔޮކޮށް ހިތުމަކީ ދަރިންނަށް ސުވަރުގެ ދެއްވަވާނެ ސަބަބެއް ކަމެވެ. އެކަމުގައި އަންހެން ދަރިން އަދި ފިރިހެންދަރިންގެ މެދުގައި ތަފާތެއް ނެތެވެ.
މިބުނާ ބަހުގެ މާނައަކީ އެޙަދީޘްފުޅު ކުރެއްވެވީ ފިރިހެން ޞަޙާބީއަކަށް ނަމަވެސް ޙްދީޘްފުޅު ފިރިހެނުންނަށް ޚާއްބަކުރައްވަވާފައެއް ނުވެއެވެ. ވީމާ އަންހެން ދަރިންވެސް މައިންނަށް ހެޔޮކޮށް ހިތުމުން ޘަވާބު ދެއްވަވާނެތެވެ.
މައިންގެ ބަލަދު ފިރިހެންދަރިންނަށް އެރިނަމަވެސް މައިން ރަނގަޅު ގޮތުގައި ބެލެހެއްޓޭނީވެސް އަންހެންދަރިންނަށެވެ. މައިންނަށް ކޮށްދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ކޮށްދެވޭނީ އަންހެން ދަރިންނަށް ކަމުގައިވާތީއެވެ.
އެހެންވީމާ މިގޮތަށް ވިސްނައިލާށެވެ! މައިންގެ ކަންކަން ބަލަހައްޓަންވީ ފިރިހެންދަރިންނާއި އަންހެންދަރިންނެވެ. ހުރިހާ ދަރިން ގުޅިގެންނެވެ. އެކަމުގެ ސަބަބުން ހުރިހާ ދަރިންނަށް ސުވަރުގެ އާއި ގާތަށް ދެވޭނީ އެއިރުންނެވެ.
- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
ފިރިމީހާއާ މައިމީހާގެ ފައިތިލަދަށުން ސުވަރުގެ ދިއުން- އެނގެންޖެހޭ މައުލޫމާތު!
ސުވާލު: އަންހެން ކުއްޖަކު ސުވަރުގެ ދެވޭނީ ފިރިމީހާގެ ފައިދަށުން-- ފިރިހެން ކުއްޖަކު ސުވަރުގެ ދެވޭނީ މަންމަގެ ފައިދަށުންނެވެ؟
ޖަވާބު: އަންހެން ކުދިންނަށް ސުވަރުގެ ދެވޭނީ ފިރިމީހާގެ ފައިތިލަ ދަށުން ކަމުގައި ބަޔާންވެގެންވާ އެއްވެސް ބަސްފުޅެއް ވާކަން އެނގިފައެއް ނެތެވެ. އެހެން ނަމަވެސް ފިރިމީހާއަށް ކިޔަމަން ގަތުމާއި އޭނާގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ.
ސުވަރުގެ ވަނީ މަންމަގެ ފައިގެ ދަށުގައި ކަމަށް އައިސްފައިވާ ޙަދީޘްގައި އެކަން ވަކި ފިރިހެން ޖިންސަށް ޚާއްޞަވެގެން ނުވެއެވެ. އެ ކަމުގައި އަންހެން އަދި ފިރިހެން ކުދިން ވެސް ހަމަހަމައެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް