ބަސް ނުވަތަ ލޯންޗް ދަތުރެއްގަ ކިޔަވަނިކޮށް ތިލާވަތުގެ ސަޖިދަކުރަންޖެހިއްޖެނަމަ ޢަމަލުކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ބަސް ނުވަތަ ލޯންޗް ދަތުރެއްގަ ކިޔަވަނިކޮށް ތިލާވަތުގެ ސަޖިދަކުރަންޖެހިއްޖެނަމަ ޢަމަލުކުރާނެ ގޮތް-

މިހާރަކަށް އައިސް ބަސްދަތުރުތަކުގައިވެސް އަދި ލޯންޗް ދަތުރުތަކުގައިވެސް ގިނަބައަކު ޤުރްއާން ކިޔަވައެވެ. އެއީ ހަމަ ދަތުރުތަކުގައި ކުރަން އެންމެ ރަނގަޅު އެއްކަންތަކެވެ. ބައެއް މީހުންގެ ސުވާލަކަށްވަނީ އެގޮތަށް ދަތުރެއްގެ މަތީގައި ކިޔަވަމުން ދަނިކޮށް ތިލާވަތުގެ ސަޖިދައެއް ކުރަންޖެހިއްޖެނަމަ ޢަމަލުކުރާނެ ގޮތެކެވެ.  

އެކަމަށް ކަންބޮޑުނުވާށެވެ! ސަޖިދަކުރެވޭނެ މާޙަލު ނެތް ޙާލުގައި ބޯތިރިކޮށްލައި ތަސްބީޙް ކިޔައިލާށެވެ! އަދި އެކަން ނުކޮށް ކިޔަވަމުން ދިއަޔަސް މައްސަލައެއް ނެތެވެ. ދަތުރު ނިންމައި ފަހުންވެސް ސަޖިދަކުރެވޭނެއެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމް ދަތުރުފުޅުތަކުގައި (ސަވާރީގެ މަތީގައި އިންނަވައިގެން) ޤުރްއާން ކިޔަވައި ވިދާޅުވިއެވެ. ނަމަވެސް ތިލާވަތުގެ ސަޖިދައެއް ކުރައްވަވަން ސަވާރީ މަތިން ފައިބައިވަޑައިގެން ސަޖިދަކުރެއްވެވިކަން އަހުރެންނަށް އެނގިފައެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން