މިދިއަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.9 މިލިއަން ރުފިޔާ ލިބިއްޖެ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ޑިސެންބަރުމަހު މުދަލު ޒަކާތުގެ ގޮތުގައި 9.7 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 6.4 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 51.5 އިންސައްތަ އިތުރު އަދަދެކެވެ.
މުޅި އަހަރަށް ބަލާއިރު 2024 ވަނަ އަހަރު، 2023ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 90.2 މިލިއަން ރުފިޔާއަށްވުރެ 12.9 އިންސައްތަ އިތުރަށް ލިބިފައިވެއެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. 10 އޮކްޓޫބަރ 2024 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ 9240.35 ދިވެހި ރުފިޔާއެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ، މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ.