އިތުރު އައު ޕީޗާރތަކާއިއެކު ވަންގަވްގެ ޕޯޓަލް މިމަހު އިފްތިތާހް ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
އިތުރު އައު ޕީޗާރތަކާއިއެކު ވަންގަވްގެ ޕޯޓަލް މިމަހު އިފްތިތާހް ކުރަނީ

އިތުރު އައު ޕީޗާރތަކާއިއެކު ވަންގަވްގެ ޕޯޓަލް މިމަހު އިފްތިތާހް ކުރާނެކަމަށް ޓްރޭޑްނެޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ޓްރޭޑްނެޓް ކޯޕަރޭޝަންގެ ޗެއަރމަން ސިޔާހް ޚަލީލް ވިދާޅުވީ ވަންގަވްގެ ޕޯޓަލް 2.0 މިމަހުގެ ތެރޭގައި އިފްތިތާހްކުރެވޭނެކަމަށެވެ. އިތުރު އައު ޕީޗާރތަކާއިއެކު މިޕޯޓަލް އަޕްގްރޭޑްވުމުން ޚިދުމަތް ލިބޭ ފަރާތްތަކަށް ފަސޭހަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވަންގަވް ޓޫ ޕޮއިންޓް އޯ ލޯންޗްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި ލޯންޗްކުރެވިގެންދާނެ. އެއީ އޭއައި އިންޓަގްރޭޓެޑް، ބެޓަރ ޔޫއައި، އެންހޭންސް ނިއު ފީޗަރވެސް އޭގެތެރޭގައި ހިމެނިގެންދާނެ". ސިޔާހް ވިދާޅުވިއެވެ.

މި ޕޯޓަލްއަކީ ސަރުކާރުގެ އެކި އިދާރާތަކުން ކުރިން ފޯރުކޮށްދެމުންދިޔަ ޚިދުމަތް، އެއް ތަނަކުން ލިބޭ ގޮތަށް ތަރައްޤީކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. ޒަމާނީ، ލުއި ފަސޭހަ މި ނިޒާމާއެކު ސަރުކާރުގެ އެކި އޮފީސްތަކަށް އެކި ކަންކަމުގައި ދިއުމާއި އެކި ކަންކަމަށް އެދި ހުށަހެޅުން ވަނީ ނިމުމަކަށް އައިސްފައެވެ. 

މިއަދު އޮންލައިން