ދަރިން ސްކޫލަށް ފޮނުވާއިރު މުފްތީ މެންކް ދެއްވާ ނަޞޭޙަތް- ގިނަ ބެލެނިވެރިން ދަސްކުރަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދަރިން ސްކޫލަށް ފޮނުވާއިރު މުފްތީ މެންކް ދެއްވާ ނަޞޭޙަތް- ގިނަ ބެލެނިވެރިން ދަސްކުރަންޖެހޭ ފިލާވަޅެއް!

އަހުރެންގެ ދަރިން ސްކޫލަށް ފޮނުވާއިރު އެއްވެސް ދަރިއެއްގެ ގާތުގައި ކްލާހުން 1 ވަނަ ހޯދާކަށް ނުބުނަމެވެ. އަބަދުވެސް ބުނަނީ ކުރެވުނު އެންމެ ބޮޑަކަށް ކިޔަވަން މަސައްކަތްކުރުމަށެވެ. ދެން ބުނަނީ ރަނގަޅު ކުދިންނާއި ގުޅިގެން އުޅުމަށާއި ޓީޗަރުންނަށް ސަމާލުކަން ދިނުމަށެވެ.

މިވާހަކަ ބުނެލި ސަބަބަކީ އޭއަކަށް އެންމެ މާކުސްއެއް މަދުވެގެން ރުޅިގަދަވެ ދަރިންނަށް ނުބައި ބަސްތައް ބުނެ އެކުދިންގެ ހިތްވަރު މަރައިލާ ބެލެނިވެރިން އުޅޭތީއެވެ. އެމާކްސް މަދުވިއްޔާ ވާނެ ކަމެއް ނިކަން ބުނެބަލާށެވެ. އެމާކްސް މަދަސް ދަރިފުޅަށް އެހުރީ ހަމަ އޭފާސް ލިބޭނެ ފެންވަރަށް ކިޔެވިފައި ނޫންހެއްޔެވެ؟ ކުއްޖާ އެވަނީ އެފެންވަރަށް މަސައްކަތްކޮށްފައި ނޫންހެއްޔެވެ؟ --މުފްތީ މެންކް

މިއީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ބައެއް ބެލެނިވެރިންގެ ފަރާތުން ފެންނަ ކަންކަމެވެ. ދަރިންނަށް ހެޔޮއެދޭނަމަ އަދި ދަރިންނަކީ މޮޅުކުދިންނަށް ވުމަށް އެދޭނަމަ މިނަޞޭޙަތަށް ޢަމަލުކުރުމުން ފައިދާކުރާނެއެވެ. އިން ޝާ ﷲ

އިތުރަށްވެސް ފާހަގަކޮށްލަން ޖެހޭ ކަމެއް އެބައޮތެވެ. ކުދިންގެ އަޚްލާޤަށް ސަމާލުކަން ނުދެވޭކަމެވެ. އެއީ ލިބުނު މާކްސް މަދުވުމަށްވުރެ މާގެއްލުންހުރި ކަމެކެވެ. ކުއްޖާއަށް އެންމެ ބޮޑު ދެރަކަމެއް ލިބޭނީ އަޚްލާޤް ގޯސްވުމުން ކަމަށްވާތީއެވެ.

 

 

 

މިއަދު އޮންލައިން