ކީރިތި ގުރްއާން ހިތުދަސް ކުރުން މުހިންމުވާ ބައެއް ސަބަބުތައް-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކީރިތި ގުރްއާން ހިތުދަސް ކުރުން މުހިންމުވާ ބައެއް ސަބަބުތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ކީރިތި ގުރްއާން ހިތުދަސް ކުރުމުގެ މަތިވެރިކަމާއިމެދު ވިސްނާލަމާ ހިނގާށެވެ! އެއީ ދުނިޔެ އާއި އާޚިރަތުގައި އެމީހަކަށް އެކަމުގެ ހެޔޮކަން އެންމެ މަތިވެރި ދަރަޖައިގައި ލިބޭނެ ކަމެކެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތުން އެންމެ މަތިވެރިކަން ބޮޑު ޢިއްޒަތާއި ޝަރަފުގެ ތާޖާއި ޢިއްޒަތުގެ ފޭރާން ލިބެން އޮތް ކަމެކެވެ. ތިރީގައި މި ބަޔާން ކޮށްލަނީ ކީރިތި ގުރްއާން ހިތުދަސް ކުރުމަށް އަހައްމިއްޔަތުކަން ދޭންވީ ބައެއް ސަބަބުތައް:

• ކީރިތި ގުރްއާން ހިތުދަސް ކުރުމުން ރަސޫލާ ސައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތައް ތަބަޢަވެވޭނެ: ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ކީރިތި ގުރްއާން ހިތުދަސް ކުރައްވާ ކޮންމެ އަހަރަކު ސަހާބީންނާ އެކީގައިވެސް މުރާޖަޢާ ކުރައްވައެވެ. އެހެންކަމުން ކީރިތި ގުރްއާން ހިތުދަސް ކުރުމަކީ ނަބިއްޔާ ސައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތައް ތަބަޢަވުމުގެ ގޮތުން ކުރެވޭ ކަމެކެވެ.

• ނަރަކައިގެ ޢަޛާބުން ސަލާމަތް ވުމަށް އެހީވެދޭ ކަމަކަށްވާތީ

ގިޔާމަތް ދުވަހުން ރަން ތާޖެއް ބޮލުގައި އެޅުވޭނެ: ﷲތަޢާލާ އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ސުވަރުގޭގައި އާޔަތްތައް ކިޔަވަމުން ކިޔަވަމުން ގޮސް ކީރިތި ގުރްއާނުގެ އެންމެ ފަހު އާޔަތާ ހަމައަށް ކިޔަވާނެ ކަމެވެ. އަދި ބޮލުގައި ރަން ތާޖެއް އެޅުވޭނެއެވެ

ޝަރުޢީ ޢިލްމު އުނގެނުމަށް: ޢިލްމުވެރީން އެންމެ ފުރަތަމަ ކުޑައިރުއްސުރެ ފެށިގެން ގުރްއާން އުނގެނި ހިތުން ދަސްކުރަނީ ޗަރުޢީ ޢިލްމުތައް އުނގެނެން ފަސޭހަ ވާނެތީ

 ސުންނަތައް ތަބަޢަވުމަށް އެހީވެދޭ

 • އީމާންކަން ވަރުގަދަވެ ދުނިޔެއާއި އާޚިރަތުގައި ޘަވާބު ލިބިގެންދާ ކަމަކަށް ވާތީ

• ﷲ ސުބްހާނަހޫ ވަތަޢާލާ އާއި އޮންނަ ގުޅުން ކައިރިކޮށްދޭ ކަމަކަށްވާތީ

• ޝައިތާނާ އާއި ދުރުކޮށްދޭ ކަމަކަށްވާތީ

 

މިއަދު އޮންލައިން