އަނބިންނަށް ޚާއްޞަ!: ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވާއިރަށް ސުވަރުގޭގެ ބޭނުންދޮރަކުން ވަންނަން ލިބެން އޮތް ފުރުޞަތު ނަގާލަން ހެޔޮނުވާނެ!: އިމާމް މާޒިން ޢާދިލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
އަނބިންނަށް ޚާއްޞަ!: ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވާއިރަށް ސުވަރުގޭގެ ބޭނުންދޮރަކުން ވަންނަން ލިބެން އޮތް ފުރުޞަތު ނަގާލަން ހެޔޮނުވާނެ!: އިމާމް މާޒިން ޢާދިލް

ދިރިއުޅުން މިކިޔަނީ އަބަދު ހަމައެކަނި އުފަލުގައި ހުރެވުމަކަށް ނޫނެވެ. އަދި އަބަދު ހިތާމައިގާ އުޅުމަކަށްވެސް ނޫނެވެ. ދިރިއުޅުމުގެ ޙަޤީޤީ މާނައަކީ އުފާވެރިކަމުގައާއި އަދި ހިތްހަމަނުޖެހުމުގައިވެސް އުޅެންޖެހުމެވެ. 

ނަމަވެސް ގިނަ ބައަކު ދިރިއުޅުން މާނަކުރަނީ ހަމައެކަނި އުފަލުގައި ދިރިއުޅުމަށެވެ. އެހެންވެ ކިތަންމެ ކުޑަކުޑަ ކަމެއް ކުރިމަތިވިނަމަވެސް ކެތްތެރިވެލާކަށް ބޭނުމެއް ނުވެއެވެ. އެކަން ޙައްލުކުރެވޭތޯ ބަލައިލަން މަސައްކަތްކޮށްލަންވެސް ބޭނުމެއް ނޫނެވެ. ދިރިއުޅުމުގައި ހިތްދަތި ގޮތްތައް ގިނަ ބައަކަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީވެސް ހަމަ މިއީއެވެ. 

ކޮންމެއަކަސް މީހެއްގެ ގާތުގައި ތިބާ އެންމެ ބޭނުންވާ ކަމަކީ ކޮބައިތޯ އަހައި ސުވާލުކޮށްފިނަމަ މިޒަމާނުގައި ދައްކާނީ ކޮންމެވެސް އަމިއްލަ އެދުމެއްގެ ވާހަކަމަށާއި ދުނިޔެއިން އެންމެ ބޮޑަށް ބޭނުންވާ ކަންތަކުގެ ވާހަކަކަމަށް ވަރަށް ގިނައިން ބުނެވެއެވެ. އެހެން ބުނަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެފަދަ ޖަވާބުތައް ލިބޭލެއް ގިނަކަމުންނެވެ. ނަމަވެސް ޙަޤީޤަތް މުޅިން ތަފާތު ނޫންހެއްޔެވެ؟ 

ކަނުލައި އަޑުއަހާށެވެ! އަހުރެން މިދައްކަނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ! ސުވަރުގެއަށް އެމީހަކު ބޭނުން ދޮރަކުން ވަނުމަށް އަނބިންނަށް ލިބެންއޮތް އެންމެ އަގުހުރި، އެންމެ ފައިދާހުރި  ފުރުޞަތުގެ ވާހަކައެވެ. ކޮންމެ އަންތބަކުވެސް އެފުރުޞަތަކަށް އިންތިހާއަށް ބޭނުންވާނެ ކަމެއްގެ ވާހަކައެވެ.  

ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވާފައިވަނީ "އަންހެނަކު ފަރުޟު 5 ނަމާދުކޮށް ރަމަޟާން މަހު ރޯދަ ހިފައި އަދި ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްފިނަމަ ޤިޔާމަތް ދުވަހުން އެކަނބަލުން ސުވަރުގެ ވަނުމަށް އެދޭ ދޮރަކުން ސުވަރުގެ ވައްދަވާނެ" ކަމަށެވެ.   

އަންހެނަކު ރަސޫލް () އަށް ދެންނެވިއެވެ. "ފިރިހެނުން ޖިހާދަށް ދެއެވެ. ޖަމާއަތަށް ދެއެވެ. ޖަނާޒާތަކުގައި ބައިވެރިވެއެވެ. އަހަރެމެން އަންހެނުންނަށް އޮތީ ދަރިން ބަލަން ގޭގައި ތިބުމާއި ފިރިންނަށް ޚިދުމަތް ކުރުމެވެ." އޭނާގެ ޝަކުވާއަކީ ﷲ ތަޢާލާގެ މަގުގައި ފިރިހެނުންނަށް ކުރެވޭ ކަންކަން ކުރުމުގެ ފުރުޞަތު އަންހެނުންނަށް ހަނިވެފައިވުމެވެ.  

އެކަނބުލޭގެއަށް ރަސޫލް () ދެއްވެވި ޖަވާބު އެނގޭ ހެއްޔެވެ؟ "އަންހެނުން ފިރިންނަށް ކިޔަމަންތެރިކަމާއިއެކު ގޭގައި ތިބޭނަމަ ފިރިހެނުންނަށް ލިބޭ ހުރިހާ މަތިވެރިކަމެއް ލިބޭނެތެވެ."  

ވީމާ ހަމައެކަނި މިވަރުންވެސް ފިރިންނަށް ކިޔަމަންތެރިކަން އަދާކުރުމުން އަނބިންނަށް ދެއްވަވާނެ ނިޢްމަތްތައް މިއޮތީ އެނގޭށެވެ! ލިބިގަންނަން އަވަހަށް މަސައްކަތްފާށާށެވެ! 

- އިމާމް މާޒިން ޢާދިލްގެ ދަރުސަކުން  

މިއަދު އޮންލައިން