ދެމަފިރިންގެމެދުގަ މައްސަލަ ޖެހޭނެ ކަންކަން ކުރުމަށް ހިތްވަރުދޭ އެކުވެރިންނަކީ ޝައިޠޯނުންގެ ތެރެއިންވާ ބައެއް! އަތްފޯރާ ހިސާބަށް ކައިރިކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދެމަފިރިންގެމެދުގަ މައްސަލަ ޖެހޭނެ ކަންކަން ކުރުމަށް ހިތްވަރުދޭ އެކުވެރިންނަކީ ޝައިޠޯނުންގެ ތެރެއިންވާ ބައެއް! އަތްފޯރާ ހިސާބަށް ކައިރިކުރަން ހެޔޮނުވާނެ!

އާޚިރަތަށްފަހު ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ވާނީ އެމީހެއްގެ ދިރިއުޅުމެވެ. މިބުނަނީ ޒަވާޖީ ޙަޔާތުގެ ޥާހަކައެވެ. ވީމާ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭނެ އެއްވެސް ކަމެއް ކުރަން ހިތްވަރުދީ މަގުފަހިކޮށްދޭނަމަ އެމީހަކީ ޝައިޠޯނުންގެ ތެރެއިންވާ މީހެކެވެ. އެއީ ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް އަދި ޢާއިލާގެ މީހެއް ނަމަވެސްމެއެވެ.  

އެފަދަ މީހުންނަކީ ތިމާއަށް ހެޔޮއެދޭ ގާތް މީހުންކަމަށް ބަލައިގެން ނުވާނެއެވެ. އެމީހުންނާއި ކައިރިވެގެން ނުވާނެއެވެ. އަދި ތިމާއާއި ކައިރިކޮށްގެންވެސް ނުވާނެއެވެ. އެމީހުންނަކީ އެންމެ ބޮޑެތި ދުޝްމިނުން ކަމުގައިވާތީއެވެ.  

ދެމަފިރިންގެ ދެމެދަށް ވަދެގަތުމުގެ މާނައިގައި ހިމެނެނީ ހަމައެކަނި އެކަނުން އެކަކު ޖަހައިގަތުމެއް ނޫނެވެ. ދެމަފިރިން ދުރުކުރުވަން ނުވަތަ ދެމީހުންގެ މެދުގައި މައްސަލަ ޖެހޭނެ ފދަ ކަންކަން ކުރަން މަގުފަހިކޮށްދީ އަދި އެފަދަ ކަންކަމަށް އެހީތެރިވުމަކީވެސް ހަމަ ދެމަފިރިންގެ ދެމެދަށް ވަދެގަތުމެވެ. 

އަންހެނުންނާއި ފިރިހެނުން މިހައި ބޮޑަށް މަސްހުނިވެފައިވާ ޒަމާނެއްގައި މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންޑޭންވާނެއެވެ. ސަމާސައަކަށް ހަދާފައި ނަމަވެސް ކައިވެނިކޮށްގެން ހުންނަ މީހަކަށް އެހެން މީހެއްގެ ރީތިކަން ދައްކަން މަސައްކަތްނުކުރާށެވެ. އެފަދަ ބަސްތަކުގެ އަޑު ނުއިއްވާށެވެ! ލިބޭ ކުޑަކުޑަ ފުރުޞަތުގެ ބޭނުންވެސް ޝައިޠޯނާ ހިފާނެތީއެވެ!  

ރަނގަޅަށް ބަލާށެވެ! ހިލޭ އަންހެނުންނާއި ފިރިހެނުންގެ ކުޅިގަނޑު ގިނަ ފަހަރު ފެށިގެންދާނީ ކޮންމެވެސް ބައްދަލުވުމަކުންނެވެ. ކުޑަކުޑަ ތަޢާރަފްވުމަކުންނެވެ. އަނެއް ދުވަހު ސޯޝަލް މީޑިއާގައި ޖަހައިލާނީ "ހައި"އެވެ. އިސާހިތަކު އޮންނާނީ ގުޅުން ބަދަހިވެ އެންމެ މައްޗަށް ކަންކަން ގޮސްފައެވެ. ބައިވެރިޔާ ދޫކޮށްލައި އެމީހަކާއި ގުޅެން ބޭނުންވާންފަށައިފައެވެ.  

އަހުރެމެން އަބަދުވެސް މަސައްކަތްކުރަންވީ އަނެކާއަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށެވެ. ދެމަފިރިންގެ ގުޅުން އިތުރަށް މަގުފަހިވާނެ ކަންކަން ކުރުމަށެވެ. އެކުވެރިންގެ ދައުރަކަށްވާންޖެހޭނީ އެކަމަށް އެހީތެރިވުމެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން އިތުރަށް ބަދަހިކުރަން އެހީތެރިވެދިނުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން