ދޮނަސް ކަޅަސް އެއްވެސް ދަރިއަކު ވަކިމީހަކާ ކައިވެނިކުރަން މަޖުބޫރުކުރުވުމަކީ ޙަރާމްކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދޮނަސް ކަޅަސް އެއްވެސް ދަރިއަކު ވަކިމީހަކާ ކައިވެނިކުރަން މަޖުބޫރުކުރުވުމަކީ ޙަރާމްކަމެއް!: މުފްތީ މެންކް

ބައިންބަފައިން ކިތަންމެ ބޮޑަށް ބޭނުންވާ މީހަކާއި ނަމަވެސް ކައިވެނިކުރަން ދަރިންނަށް މަޖުބޫރުކުރުވުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. ދަރިފުޅު ބޭނުން ނޫން މީހަކާއި ކައިވެނި ނުކުރުމުގެ ޙައްޤު ދަރިފުޅަށް ލިބިގެންވެއެވެ. ވީމާ ބޭނުންނަމަ ދެކޮޅު ހެދޭނެއެވެ. 

މައިންބަފައިންނަށް ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއީ މައިންބަފައިން ބޭނުންވާ ގޮތަށް ވިސްނައިދިނުމެވެ. ނަމަވެސް މަޖުބޫރުކުރުވުމެއް ނެތެވެ. 

ލިބޭ ޝަކުވާތަކަށް ބަލާއިރު ވަކިމީހަކާއި ކައިވެނިކުރަން މަޖުބޫރުކުރުވުމުގެ މައްސަލަ ބޮދަސް ކުރިމަތިވަނީ ބައެއް ދޮންމަންމައިންގެ ނުފޫޒުގައެވެ. އެމީހުންގެ ބާރުގެދަށަށް ޢާއިލާ ގެންދަން ކުރާ މަސައްކަތުގެ ތެރެއިންނެވެ. އޭނާގެ ނުފޫޒު ފިރިމިހާގެ މައްޗަށް (ދަރިފުޅުގެ ބައްޕަގެ މައްޗަށް) ފޯރުވަނީއެވެ. 

އަދި މިނޫން ސަބަބުތައްވެސް ކުރިމަތިވެއެވެ. އެއިގެ ތެރޭގައި ތަނަވަސްކަމަށް ދަހިވެތިވެ ތަނަވަސް މީހަކާއި ދަރިފުޅު ކައިވެނިކުރުވަން ބޭނުންވުންވެސް ހިމެނެއެވެ. 

ބުނަން ހެއްޔެވެ؟ އަންހެން ދަރިއަކަސް ފިރިހެން ދަރިއަކަސް އެއްވެސް ދަރިއަކީ މައިންފައިންގެ ނުވަތަ އެނޫ މީހެއްގެވެސް އަލެއް ނޫނެވެ. އެއީ ތަޢާލާގެ އަޅެކެވެ. ﷲ ތަޢާލާގެ އަޅެއްގެ މައްޗަށް ޢަމަލުކުރަންޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ނޫންނަމަ އެކުރެވެނީ ފާފައެކެވެ. 

ދަރިންނަށް ބުނެލަން އޮތީ ކައިވެނިކުރުން ފަދަ ކަންކަމުގައި މައިންބަފައިންގެ ބަހާއިމެދު ވިސްނަންވާނެއެވެ. ހެޔޮލަފާ ނަޞޭޙަތް ދިނުމުން ޤަބޫލުކުރަންވެސް ވާނެއެވެ. ނަމަވެސް ކުރިން މިބުނި ފަދައިން ގޮތް ނިންމުންވަނީ ދަރިންގެ އިޚްތިޔާރުގައެވެ. 

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން