ގިނަ ބައަކު އަވަދި ނެތި އުޅެނީ ތިމާކުރާ ދުޢާ ޢިޖާބަ ކުރައްވަވާނެ ވަޤުތު އޮޅުންފިލުވަން ވެގެންނެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ކޮންމެ ދުވަހަކުވެސް ކުރާ ދުޢާ ޢިޖާބަ ކުރައްވަވާ 5 ވަްުތު އަހުރެމެންނާއި ބައްދަލުކުރެއެވެ. ފުރުޞަތުގެ ބޭނުން ހިފައި ދުޢާކުރަން މަސައްކަތްކުރާށެވެ!
ހަނދާންކުރާށެވެ! އެވަޤުތު ހަމައެކަނި ދުޢާކޮށްލުމަކުން ނުފުދޭނެއެވެ. ނަމާދުކުރަންވެސް މަސައްކަތްކުރަންވާނެއެވެ. ފިރިހެނުން ޖަމާޢަތުގައެވެ. އަންހެނުން ގޭގައެވެ.
"ބަންގި ގޮވާ އަޑު އިވޭނަމަ، ބަންގިއަށް ކަނުލައި އަޑު އަހައި އަދި ބަންގިއަށް އިޖާބާދޭންވާނެއެވެ. އަދި ބަންގި ގޮވާ ނިމުނީމާ ބަންގި ދުޢާ ކިޔަންވާނެއެވެ. ބަންގިއާއި ޤަމަތާއި ދެމެދުގައި ވާ ވަގުތަކީ ދުޢާ އިޖާބަ ކުރައްވާ ވަގުތެކެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިބަސްފުޅުގެ މާނައަކީ ބަންގިގޮވުމާއި ނަމާދަށް ޤަމަތް ދިނުމާއި ދެމެދުގައިވާ ވަޤުތެވެ. ވީމާ ބަންގިގޮވައި ނުމިމުން ފުރަތަމަ ކަމަކަށް ބަންގިދުޢާކިޔައި އިހު ސުންނަތް ކުރާށެވެ! އަދި ސުންނަތް ނަމާދުގެ ސަޖިދައިގައިވެސް، ފަހު އައްތަޙިއްޔާތުގައިވެސް އަދި ސުންނަތް ނަމާދަށްފަހުގައިވެސް ބޭނުން ދުޢާއެއް ކުރާށެވެ! ޢިޖާބަ ކުރައްވަވާނެތެވެ. އިން ޝާ ﷲ