ޗައިނާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕް ފުރުޞަތުތަކެއް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޗައިނާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕް ފުރުޞަތުތަކެއް ހުޅުވާލައިފި

ޗައިނާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް އަލަށް ސްކޮލަރޝިޕް ފުރުޞަތުތަކެއް ހުޅުވާލައިފިއެވެ. މި ފުރުޞަތުތައް ލިބެނީ ދެ ޕްރޮގްރާމެއްގެ ދަށުންނެވެ.

މިކަމާގުޅިގެން މަތީ ތަޢުލީމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ފުރަތަމަ ޕްރޮގްރާމަކީ ޗައިނީޒް ގަވަރމެންޓް ސްކޮލަރޝިޕް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދަށުން ބެޗްލަރސް، މާސްޓަރސް އަދި ޕީއެޗްޑީއަށް ޖުމްލަ 3 ފުރުޞަތު ލިބޭނެއެވެ.

މި ފުރުޞަތުތަކުގައި ޓިއުޝަން ފީ، މެޑިކަލް އިންޝުއަރެންސް އަދި ބައެއް ހުރުމުގެ ޚަރަދުތައް ހަމަޖައްސައިދޭނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ފެބްރުއަރީ 2025 އެވެ.

ދެވަނަ ޕްރޮގްރާމަކީ ޗައިނާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ހުޅުވާލާފައިވާ ފުރުޞަތުތަކެވެ. މި ޕްރޮގްރާމްގެ ދަށުން ބެޗްލަރސް، މާސްޓަރސް އަދި ޕީއެޗްޑީއަށް ޖުމްލަ 6 ފުރުޞަތު ލިބޭނެއެވެ. މި ފުރުޞަތުތަކުގައި ޓިއުޝަން ފީ، ހުރުން، މެޑިކަލް އިންޝުއަރެންސް އަދި ސްޓައިޕެންޑް ހަމަޖައްސައިދޭނެކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖަނުއަރީ 2025 ވާ ހޯމަ ދުވަހުގެ 13:00 އެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް 5 އަހަރަށް 1000 ސްކޮލަރޝިޕް ދީފައިވެއެވެ. މި ސްކޮލަރޝިޕްތަކަކީ ދިވެހި ދަރިވަރުންނަށް ޗައިނާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ލިބޭ މުހިންމު ފުރުޞަތުތަކެއް ކަމުގައި ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން