މޫސުމީ ގެއްލުންތަކުން ރައްޔިތުން ރައްކާތެރިކުރުމަށް ޚާއްސަ ޓާސްކް ފޯހެއް ރައީސް ޑރ.މުއިއްޒު އެކުލަވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މޫސުމީ ގެއްލުންތަކުން ރައްޔިތުން ރައްކާތެރިކުރުމަށް ޚާއްސަ ޓާސްކް ފޯހެއް ރައީސް ޑރ.މުއިއްޒު އެކުލަވާލައްވައިފި

މޫސުމީ ގެއްލުންތަކުން ރައްޔިތުން ރައްކާތެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައްވައިފިއެވެ.

މި ޓާސްކް ފޯހުގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އެވެ.

މިޓާސްކް ފޯސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ގޮތުގައި، މާލެ އާއި އަތޮޅުތެރޭގައި ސިފައިންނާއި ފުލުހުން ވަނީ ތައްޔާރަށް ކަމަށާއި މާލޭގެ 3 ސަރަހައްދެއްގައި ވެލިބަސްތާ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

މޫސުން ގޯސްވެ، ވިއްސާރަވެ، ފެންބޮޑުވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، ފެން ބޮޑުވާ ސަރަހައްދުތަކުގައި ވެހިކަލް ނުދުއްވުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރުމަށާއި، ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމީ ގެއްލުންތަކުން ރައްކާތެރިވުމަށް  ދުރާލާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

 

މިއަދު އޮންލައިން