ދެމަފިރިން ކިތަންމެ ލޯބިން އުޅުނަސް ކުށެއް ކުރެވިދާނެ! މިއަދު ކުށްކުރެވުނީ ބައިވެރިޔާއަށް ނަމަވެސް މާދަމާ ތިމާއަށްވެސް ކުށެއް ކުރެވިދާނެކަން ޤަބޫލުކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދެމަފިރިން ކިތަންމެ ލޯބިން އުޅުނަސް ކުށެއް ކުރެވިދާނެ! މިއަދު ކުށްކުރެވުނީ ބައިވެރިޔާއަށް ނަމަވެސް މާދަމާ ތިމާއަށްވެސް ކުށެއް ކުރެވިދާނެކަން ޤަބޫލުކުރަންވާނެ!

އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް އުނި އެތައް ކަންތައްތަކެއް ހުންނާނެއެވެ. ވީމާ ބައިވެރިޔާގެ ކިބައިގައި ހުންނަ އުނިސިފަތައް ހޯދަން އުޅޭ މީހަކަށް އެކަންކުރަން ވަރަށް ފަސޭހަވވާނެއެވެ. ނަމަވެސް އެއީ މީހަކަށް ކުރެވޭނެ އެންމެ ދެރަ އެއްކަންތައް ކަމުގައި ނޫނީ ނުވެއެވެ.  

ކޮންމެ ދެމަފިރިއަކު ނަމަވެސް އެކުގައި ދިރިއުޅެމުން ގެންދާއިރު މައްސަލަތައް ޖެހޭނެއެވެ. އެކަކަށް އަނެކަކުގެ ކިބައިން ކުށްތައް ފެންނާނެއެވެ. މިއީ އެއްވެސް ދެމަފިރިއަކު އިސްތިސްނާވާނެ ކަމެއް ނޫނެވެ.  

ދެމަފިރިން އެކަކު އަނެކަކަށް މާފުނުކުރީމާ ވާނެ ގޮތުގެ ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. ހަސަދަތައް ކޮނޑަށް ޖަމާވަނީއެވެ. އެއީ ލުއި އެއްޗެއް ނޫނެވެ. ވަރަށް ބަރު އެއްޗެކެވެ. އެހެންވެ ބަރުބޮޑުބޮޑުވަމުންގޮސް ކުރިއަށް ހިނގައި ނުގަނެވޭވަރުވަރުވަނީއެވެ.  

މިގޮތަށް ވިސްނައިލާށެވެ. މާފުނުކުރާ ކޮންމެ ފަހަރަކަށް ބުރަކަށިގައި ގޮށެއް ޖެހެނީއެވެ. ގޮށްތައް ގިނަވެ ހަށިގަނޑު ފިތިގެންދަނީއެވެ. އެހިސާބުން އަޅާވޭން ގަދަވެ ނޭވާވެސް ނުލެވެނީއެވެ. ދެން ކަންކަން ވެގެންދާނެ ގޮތް ހިތްމައްޗަށް ގެންނާށެވެ.  

ދިރާސާތަކުން ޔަޤީންވާ ގޮތުގައި މީސްތަކުންގެ ތެރެއިން އެންމެ ބޮޑު އުފާވެރިކަމެއްގައި ދިރިއުޅެވެނީ އެހެން މީހުންނަށް މާފުކުރާ މީހުންނަށެވެ. އެހެންކަމަށްވާއިރު ދެމަފިރިން އެކަކު އަނެކަކަށް މާފުނުކުރީމާ ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟ އެންމެ ބޮޑު އުފާވެރިކަމެއްގައި އުޅެވޭނީ މާފުކުރުން ގިނަކުރިވަރަކުންނެވެ.  

ވަރީގެ މައްސަލައަކީ އެންމެ ބޮޑު މައްސަލަކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ. އަދި އެންމެ ގިނަބައަކަށް ހިތްދަތިކަމުގައި އުޅެންޖެހެނީވެސް ވަރީގެ ސަބަބުންކަމަށްވެސް ޤަބޫލުކުރެއެވެ. މައްސަލައިގެ އެންމެ ބޮޑު ޙައްލު އޮތީ މާފުކުރުމުންނެވެ. އެކަން އެނގޭއިރުވެސް މާފުކުރަން ބޭނުންނުވާނަމަ ހިތާމައާއި ހިތްދަތިކަމުން ފުރިގެންވާ ދިރިއުޅުމެއް އުޅެންޖެހޭ ވާހަކަ ދެއްކުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން