ދުނިޔޭގެ އެންމެ ގަދަފަދަ މީހާ ކަމަށްވުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބައޮތް! މިބުނެދެނީ އެކަން ޙާޞިލުކުރެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ދުނިޔޭގެ އެންމެ ގަދަފަދަ މީހާ ކަމަށްވުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބައޮތް! މިބުނެދެނީ އެކަން ޙާޞިލުކުރެވޭނެ ގޮތް-

ދެމީހަކު ބަނޑުމުސާރައަށް ބައްދައި އެކަކު ބަލިވުމުން ކުޑަކުއްޖަކު ބައްޕައާއި ސުވާލުކުރިއެވެ. "ބައްޕާއެވެ! މޮޅުވީ އެންމެ ބާރުގަދަ މީހާ ހެއްޔެވެ؟" ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! އެއީ އޭނާގެ ބާރުގަދަކަމަކުން ނޫނެވެ. އަނެއް މިހާ އޭނާއަށްވުރެ ބަލިވީމައެވެ! އޭނާއަށްވުރެ (މޮޅުވި މީހާއަށްވުރެ ބާރުގަދަ މީހަކާ ޖެހިއްޖެނަމަ އޭނާ ބަލިވާނެއެވެ!" 

ބައްޕަގެ ޖަވާބާއި ގުޅިގެން "އެހެންވީއިރު އެއްވެސް މީހަކަށް ބަލިނުކުރެވޭނެ އެންމެ ބާރުގަދަ މީހާކަމަށް ވެވޭނީ ކިހިނަކުންތޯ؟" ދަރިފުޅު ސުވާލުކުރިނަމަ ދޭނެ ޖަވާބު ގިނަ ބައަކަށް ނުއެނގޭނެއެވެ. އެހެންވެ މިކިޔައިދެނީ އެއްވެސް މީހަކަށް ބަލިނުކުރެވޭނެ އެންމެ ބާރުގަދަ މީހާކަމަށް ވެވޭނެ ގޮތެވެ. 

ތިމާއަކީ އެހެން އެއްވެސް މީހަކަށް ބަލިނުކުރެވޭނެ އެންމެ ގަދަފަދަ މީހާކަމުގައިވާން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ކޮންމެ މީހަކުވެސް އެކަމަށް ބޭނުންވާނެއެވެ. އެކަމަށް އޮތް އެންމެ ފަސޭހަމަގު މިބުނެދެނީއެވެ. 

ތިމާއަކީ އެހެން އެއްވެސް މީހަކަށް ބަލިނުކުރެވޭނެ އެންމެ ގަދަފަދަ މީހާކަމުގައިވާން ބޭނުން ނަމަ އޮތީ ގައިގެ ބާރު ވަރަގަދަކުރުމެއް ނޫނެވެ. ގައިގެ ބާރުވަރުގަދަކުރުމަކުން އަދި މިބުނު ކަންތައް ޙާޞިލެއް ނުކުރެވޭނެއެވެ. 

އެކަން ޙާޞިލްކުރަން ބޭނުންވާނަމަ ދުނިޔޭގައި ހުރިހާ ހިނދަކު ތިމާއަށް ﷲ ދެއްވަވަމުން ގެންދަވާ ކުދި ބޮޑު ހުރިހާ  ނިޢްމަތްތައް ފާހަގަކޮށް އެއްވެސް އިމެއް އަދަދެއްނެތި ވީހައި ގިނައިން، ވީހައި ބޮޑަށް ﷲ އަށް ޝުކުރުވެރިވުންމަތީގައި ސާބިތުވެ ހުންނާށެވެ! 

ދުނިޔޭގައި ހުންނަން ލިބޭ ކޮންމެ ހިނދުކޮޅަކީ އެކަމަށް އޮތް ރަނުގެ ފުރުޞަތެކެވެ. މަރުގެ މަލާއިކަތާ ލޮލަށް ފެންނަ ވަގުތުން ފެށިގެން އެފުރުޞަތު ގެއްލި ދޮރުތައް ބަންދުވެގެންދާނެއެވެ. ވީމާ އެންމެ ހިނދުކޮޅެއްވެސް ލަސްނުކުރާށެވެ! 

ﷲ އަށް ޙަމްދުކޮށް، ޝުކުރުކޮށް ވަކީލުކޮށްގެން ހުންނަ މީހަކަށް ދެރައެއް ދެވޭނެ އެއްވެސް މީހަކު ނުވެއެވެ. ވީމާ އެމހާ ވާނީ އެންމެ ގަދަފަދަ މީހަކުކަމުގައެވެ. ﷲ ތަޢާލާގެ އެ އަޅާގެ ދުޢާ ޢިޖާބަކުރައްވަވައި ދެއްވަވާނެތެވެ! އެއްވެސް އިމެއް ނެތި އެކަލާނގެ ރަޙްމަތް އޮއްސަވަމުން ގެންދަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން