ހަނދުމަކޮށްދިނުމެއް!: ފަސޭހައިން ބަޤަރާ ސޫރަތް ދަސްކުރަން ޢަމަލުކުރެވިދާނެ ބައެއް ގޮތްތައް-

ކިޔުމަށް ހޭދަވާނީ 2މ 12ސ
ހަނދުމަކޮށްދިނުމެއް!: ފަސޭހައިން ބަޤަރާ ސޫރަތް ދަސްކުރަން ޢަމަލުކުރެވިދާނެ ބައެއް ގޮތްތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

ބަޤަރާ ސޫރަތަކީ ކުލަދާނަކަން ލިބިގެންވާ މީހަކުނަމަ ކޮންމެ ދުވަހަކުވެސް ކިޔަވަން އޮތް ސޫރަތެކެވެ. އެކަމުގެ ސަބަބުން ޝައިޠޯނާގެ ކިބައިން ތިމާ އަށާއި ދިރިއުޅޭ ގެއަށްވެސް ރައްކައުތެރިކަން ދެއްވަވާނެތީއެވެ.  

ސޫރަތަކީ ދިގު ސޫރަތެކެވެ. ވީމާ ކިޔަވަންފަށައިގަންނައިރު ކޮންމެ ދުވަހަކު ސޫރަތް އެކުގައި ކިޔަވަން އުނދަގޫވެދާނެއެވެ. ނަމަވެސް މިބަޔާންކުރާ މަގުން ޢަމަލުކޮށްފި މީހަކަށް އެކަން ފަސޭހަ ކަމަކަށް ވެގެން ހިނގައިދާނެއެވެ. އިން ޝާ ﷲ  

ބަޤަރާ ސޫރަތަކީ ކީރިތި ގުރްއާނުގައިވާ އެންމެ ދިގު ސޫރަތެވެ. އެ ސޫރަތުގައި 286 އާޔަތް ވާރިދުވެފައިވެއެވެ. ތިރީގައި އަޅުގަނޑު މި ބަޔާން ކޮށްލަނީ ބަޤަރާ ސޫރަތް ދަސްކުރުމަށް ފަސޭހަވާނެ ބައެއް ގޮތްތަކެވެ.  

·      ޚާލިސް ނިޔަތަކާއެކީ ފެށުން: އަދި އެއީ މަޝްހޫރުކަން ހޯދުމަށް ނުވަތަ މީހުންނަށް ދެއްކުމަށް ކުރާ ކަމަކަށް ނުހެދުން 

·      ސޫރަތުގެ ސަފްހާ ނުވަތަ އާޔަތްތައް ބައިބައި ކޮށްގެން ދަސްކުރުން   

·      ކޮންމެ ދުވަހަކަށް އެ ދަސްކުރުމަށް ކަނޑައެޅިފައި އޮތް ބައި ދަސްކޮށް ފަހަށް ދަސްކުރަން ނުބެހެެއްޓުން 

·      ހުކުރު ދުވަހަކީ މުރާޖަޢާ ކުރުމަށް އޮންނަ ދުވަހެއް ކަމަށް ކަނޑައެޅުން   

·      ބަގަރާ ސޫރަތުގެ އާޔަތްތައް ބަސްބަހުގެ މާނަ އާއި އަސްބާބް ނުޒޫލް( އާޔަތްތައް ބާވައިލެއްވި ސަބަބުތައް) ބެލުން  

·      އެކި މަޢުޟޫތަކަށް ބަހާލައިގެން ދަސްކުރުން  

·      އެކި ވާހަކަތަކަށް ބަހާލައިގެން ދަސްކުރުން( އެގޮތުން މޫސާގެފާނުގެ ވާހަކަ އާއި ބަނީ އިސްރާއީލް މީހުންގެ ވާހަކަ އާއި ހައްޖު އަދި ރޯދަ އާއި މިނޫނަސް ވަރަށް ގިނަ ވާހަކަތައް މި ސޫރަތުގައި ވާރިދުވެގެން އައިސްފައިވެއެވެ.) 

·      އެއް އާޔަތް އަނެއް އާޔަތާއި ގުޅޭ ގޮތް ބެލުން ( އެގޮތުން މާނަ ނޭނގޭނަމަ ތަރުޖަމާ ބަލައިގެން އާޔަތުގެ މާނަ ބެލުމަށްފަހު ދަސްކުރުމެވެ. އެއިރުން ހަނދާނުގައ ހަރުލަން އިތުރަށް ފަސޭހަވެގެން ދެއެވެ.   

·      ދަސްކުރާ ދަރިވަރަކީ ގަވާދުން ދަސްކޮށް މުރާޖަޢާ ކުރާ ދަރިވަރަކަށް ކަމުގައިވުން 

·      މުދައްރިސެއް ނުވަތަ ގާރީވެރިއެއްގެ އެހީއެއް ހޯދުން  

·      ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ތަކުރާރުކޮށް ކޮންމެ ދުވަހަކު އަޑުއެހުން 

·      ކާރަށް އަރާއިރުވެސް ނުވަތަ ބަހުގައި އިންނަ އިރު، ވަޒީފާއަށް ދާއިރު، ޔުނިވާސިޓި ނުވަތަ ސްކޫލަށް ދަމުންވެސް ބަގަރާ ސޫރަތް އަޑުއެހަމުން ދިޔުން

މިއަދު އޮންލައިން