ހަމައެކަނި ތައުބާވުމަކުން ނުފުދޭނެ! ކުރިއަރައިދާން ބޭނުންވާނަމަ ކުރަންޖެހޭ އިތުރު 2 ކަމެއް އެބައޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ހަމައެކަނި ތައުބާވުމަކުން ނުފުދޭނެ! ކުރިއަރައިދާން ބޭނުންވާނަމަ ކުރަންޖެހޭ އިތުރު 2 ކަމެއް އެބައޮތް!: މުފްތީ މެންކް

ފާފައެއް ކުރެވުމުން ނުވަތަ ކުރެވިފައިވާ ފާފަތަކަށް ތައުބާވުމުން އެކަން އެއޮތީ އެހިސާބުން އެވަރަށް ނިމިފައެވެ. ނަމަވެސް އެވަރުން އަދި ތިމާއަށް ކުރިއަރައިގެން ނުދެވިދާނެއެވެ. ވީމާ މިބުނެދެނީ ކުރިއަރައިދާން ބޭނުންވާ ނަމަ އިތުރަށް ކުރަން އޮތް 2 ކަންތަކެވެ.

އެއީ އީމާންކަން އިތުރުކުރަން މަސައްކަތްކުރުމާއި ޞާލިޙް ޢަމަލުތައް ކުރުން ގިނަކުރުމެވެ. ތައުބާވުމަށްފަހު މި 2 ކަންތަކުގައި ކުރިއަރައިދާން މަސައްކަތްކުރާ މީހާއަށް ދުނިޔޭގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

ވިސްނާށެވެ! ތައުބާވުމަށްވުމަށްފަހު، ތައުބާވުންމަތީގައި ޘާބިތުވެ ހުރެވޭނީ އީމާންކަން ވަރުގަދަ ކުރެވުނު ވަރަކުންނެވެ. އަދި އެމީހެއް ތަޤްވާވެރިކަން އިތުރުވެ ދަރަޖަ އުފުލިގެންދާނީ ޞާލިޙް ޢަމަލުތައް ކުރުން ގިނަކުރި ވަރަކުންނެވެ. ވީމާ މި 3 ކަންތައް މިވަނީ ގުޅި ލާމެހިފައެވެ. އެކުއެކުގައި ކުރިއަށް ގެންދަންޖެހޭނެ ކަންތަކުގެ ގޮތުގައެވެ.

ތައުބާވިނަމަވެސް ޘާބިތުވެ ނުތިބެވެނީ އަދި ކުރިއަރައިގެން ނުދެވެނީ މިކަންކަމަށް ނުވިސްނާތީއެވެ. ތައުބާވުމުން އެހިސާބުން ހުރިހާ ކަމެއް ފުރިހަމަވީކަމަށް ބަލާތީއެވެ. މިބަޔާންކުރީ އެކަން އެހިސާބުން އަދި ނުނިމޭ ކަމެވެ. ކާމިޔާބު ލިބެން އޮތީ ދެން އޮތްބައިވެސް ފުރިހަމަކޮށްގެން ކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން