ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "އެމްޕަވަރމަންޓް ހަބް" އެއް އެޅުމަށް ފަހުމުނާމާގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް "އެމްޕަވަރމަންޓް ހަބް" އެއް އެޅުމަށް ފަހުމުނާމާގައި ސޮއިކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލުކުރަނިވި މާހައުލެއްގައި ތަމްރީން އަދި ހުނަރު ދަސްކޮށްދެވޭނެ، "އެމްޕަވަރމަންޓް ހަބް" ތަރައްޤީކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މިކަމަށް ބޭއްވި ރަސްމިއްޔަތުގައި މި ފަހުމުނާމާގައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު އާތިފެވެ. އަދި ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ.

"އެމްޕަވަރމަންޓް ހަބް" އަކީ ނުކުޅެދުންތެރިކަން ހުންނަ 18-40 އަހަރާ ދެމެދުގެ މީހުންނަށް އަމާޒުކޮށްގެން ތަރައްޤީކުރެވޭ ތަނެކެވެ. މި ތަނަކީ މުޖުތަމަޢުގައި ބައިވެރިވުމަށާއި އިޤްތިޞާދީ މިނިވަންކަން ހޯދުމަށް މަގުފަހިކޮށްދޭ ތަނެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ތަނެކެވެ. މި ހަބް ޤާއިމުކުރެވޭނީ ހުޅުމާލެ ފޭސް 2 ގައި 5500 އަކަފޫޓުގެ ޖާގައިގައެވެ.

މި ހަބްގައި އިންކްލޫސިވް ކެފޭއަކާއި، ފިހާރައަކާއި، 3 ވޯކްޝޮޕާއި، ކޮމްޕިއުޓަރ/އައިޓީ ތަމްރީނު ދޭ ތަނަކާއި، އެކްޓިވިޓީ ރޫމަކާއި، މަލްޓިމީޑިއާ ރޫމެއް ހިމެނޭނެއެވެ. މި ހަބް މި އަހަރު ތެރޭގައި ހުޅުވުމަށް ވަނީ ރޭވިފައެވެ.

އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ހަބްގެ ކާމިޔާބީ ބިނާވެފައިވަނީ މަދަނީ ޖަމިީ މަދަނީ ޖަމިއްޔާތަކާއި، ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުމުގެ މައްޗަށެވެ. މި ހަބްގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމަޢުގައި ހަރަކާތްތެރިވުމަށާއި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޭނުންވާ ހުނަރުތައް ދަސްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

މިއަދު އޮންލައިން